މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
އެޕްރޫވްޑް ޑުރަގު ލިސްޓުގައި ހިމެނޭ " ބެކްސްޓަރ " މަރުކާގެ އައި.ވީ ފްލުއިޑްސް އާ ބެހޭ

ރާއްޖެއަށް އެތެރެކުރުން ވަގުތީގޮތުން މަނާކޮށްފައިވާ، އެޕްރޫވްޑް ޑުރަގު ލިސްޓުގައި ހިމެނޭ " ބެކްސްޓަރ" މަރުކާގެ އައި.ވީ ފްލުއިޑްސް، މިތަކެތީގެ ރައްކާތެރިކަން ހިފެހެއްޓުމަށް ބޭނުންވާ ތިރީގައިވާ ޝަރުޠުތަކުގެ މަތިން އަލުން އެތެރެ ކުރުމުގެ ހުއްދަ ދިނުމަށް މި އޮތޯރިޓީއިން ވަނީ ނިންމާފައެވެ. މިހުއްދަ އަލުން ދޫކުރުމަށް ނިންމީ މި އޮތޯރިޓީއިންނާއި އަދި ބޭރުގެ ފަންނީ ލަފަޔާއެކު ދިރާސާ ކުރުމަށްފަހު ކުންފުނީގައި ބޭސް އުފެއްދުމުގެ މަރުހަލާގައި އެއްވެސް މައްސަލައެއް ފެނިފައިނުވާތީއާއި މިކަން ދިމާވެފައިވަނީ ލޯކަލް މާކެޓަށް އުފައްދާ އައިވީ ފުލުއިޑްސްއަށް ކަމަށްވެފައި ، ބެކްސްޓަރ ގެ އެކްސްޕޯޓު ކުރުމަށް އުފައްދާ އައިވީ ފުލުއިޑްސްގެ ފެންވަރު ކަށަވަރު ކުރުމަށް ފަހުގައެވެ.

ވީމާ ތިރީގައިވާ ޝަރުޠުތަކާއެއްގޮތްވާ ގޮތުގެމަތިން ބެކްސްޓަރ މަރުކާގެ އައި ވީ ފްލުއިޑްސް ރާއްޖެއަށް އެތެރެކުރުމަށް މި އޮތޯރިޓިއިން ހުއްދަދީފައިވާކަން އާންމުކޮށް އަންގައި އިއުލާނު ކުރީމެވެ.

  1. އެތެރެކުރާ އައި.ވީ ފުޅީގައި " ފޯރ އެކްސްޕޯޓް މާކެޓް" މިހެން ލިޔެފައި އޮތުން
  2. ކޮންމެ ޕުރޮޑަކްޓެއްގެ ކޮންމެ ބެޗަކަށް ހާއްސަކުރެވިފައިވާ (ޔުނިކް) ބެޗް ނަންބަރެއް ދެވިފައިވުން އަދި މި ނަންބަރު ފެންނަން ހުރުން
  3. އެތެރެކުރާ ޝިޕްމަންޓާއެކު ކޮންމެ ބެޗަކަށް، ބެޗު ސެޓުފިކެޓުސް ހުށަހެޅުން

   މީގެ އިތުރުން އެހެން ބޭސްތައް އެތެރެކުރާއިރުވެސް ބަހައްޓަންޖެހޭ މިންގަނޑާއެއްގޮތަށް ރަނގަޅަށް ޕެކުކުރެވި، އަދި މިތަކެތި ހުންނަންޖެހޭ ފިނިހޫނުމިނުގައި އެތެރެކުރުމަށް ދަންނަވަމެވެ.

                  10 ޖުމާދަލްއާޚިރާ 1435ހ.

10 އޭޕްރިލް 2014
ހޯދާ