މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް މުއްތަޤީންގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                           ނަމްބަރ:331/331/2020/20(IUL)

 

 

އިޢުލާން

 

 ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

             މިރަށު "މަސްޖިދުލް މުއްތަޤީން" ގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން މިއިދާރާއިން ކުރި، ނަމްބަރ:331/331/2020/16(IUL) އިޢުލާނާއި ގުޅިން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

              މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

              ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2020 އޭޕްރިލް 15 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން، ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

               މިމަސައްކަތުގެ މަޢުލޫމާތު ޝީޓް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 11:00 އަށް  މިކައުންސިލްގެ އިދާރާއިން ލިބެންހުންނާނެ ވާހަކަ މަޢުލުމާތަށްޓަކައި ދަންނަވަމެވެ.

09 އޭޕްރިލް 2020
ހޯދާ