ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރު އޮފީސްތަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތަކާއި ގުޅޭ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް 19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅުއްވާފައިވާ މުހިންމު ގިނަ ފިއަވަޅު ތަކުގެ ތެރެއިން ސަރުކާރުގެ އޮފީސް ތަކާއި އިދާރާތައް ބަންދު ކޮށްފައިވާ ދުވަސްތަކުގައި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ރައްޔިތުންނަށް ދިނުމަށްޓަކައި ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއިން އަންގާރަ، ބުރާސްފަތި މިދެދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ކައުންސިލް އިދާރާ ހުޅުވާ ވީހާ މަދު މުވައްޒަފުން ނެރެގެން މިދަންނަވާ ޚިދުމަތްތައް ދިނުމަށް މިކައުންސިލުން ހަމަޖައްސައިފީމެވެ. އަދި މިދުވަސްތަކާއި ގަޑި ތަކުގެ އިތުރަށް ފަރުދީ ގޮތުން ދިމާވާ މުހިއްމު ކަންތައް ކޮންދިނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

  1. އަލަށް އުފަންވާ ކުދިން ރަޖިސްޓަރީ ކުރުން.
  2. އަލަށް އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހައްދައި ދިނުން.
  3. އަލަށް އުފަންވާ ކުދިންގެ އައި. ޑީ. ކާޑު ހައްދައި ދިނުން.

މިކަންކަމުގެ އިތުރުން ދިމާވާ މުހިއްމު ކަންކަމާއި ޚާއްޞަ ލިއުމެއް ކައުންސިލް މެދުވެރިކޮށް ފޮނުވަންޖެހޭ ހާލަތްތަކުގައި ގުޅުއްވާނީ ހަނިމާދޫ ކައުންސިލްގެ އެސިސްޓެންޓް އިބްރާހީމް ޢަލީ ފޯނު ނަންބަރ: 7743397 އަށް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

06 އޭޕްރިލް 2020
ހޯދާ