ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލި ނެގުމާއިބެހޭ

ވެލި ނެގުމާއި ގުޅޭ

                ރާއްޖޭގެ އެއްވެސް ރަށެއްގެ ގޮނޑުދޮށުން ވެލި، ގައު، އަކިރި ފަދަ ތަކެތި ނެގުމަކީ ދިވެހި ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމާއިބެހޭ ޤާނޫނުގެ ތަރަހައިގެ ތެރެއިން ވަރަށްބޮޑަށް މަނާކުރެވިފައިވާ ކަމެކެވެ. ރައްރަށުން ވެލި، ގައު، އަކިރި ފަދަ ތަކެތި ނެގުމަކީ ބޮޑު އަދަބު ކަނޑަ އެޅިފައިވާ ކުށަކަށްވާތީ މިފަދަ ކުށެއް އެއްވެސް ފަރާތަކުން ނުކުރުމަށް މިކައުންސިލުން ތަކުރާރުކޮށް އަންގަމުން ދިޔަނަމަވެސް މިފަހަކަށް އައިސް ބައެއް ފަރާތްތަކުން ބަރޯ، އެކި އެކި މިންވަރުގެ ތަކެތި ބޭނުންކޮށްގެން ވެލި ގެންދަމުން ދާކަމުގެ ޝަކުވާ މިކައުންސިލަށްވަނީ ލިބިފައެވެ. މިކަމަކީ އެއްވެސް ފަރާތަކުން ކޮންގެން ވާނެ ކަމެއް ނޫންކަމަށާއި ފަރުދީގޮތުން ކުށަށް އަރާއިގަތުމަކީވެސް އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫންކަށް މިފުރުޞަޠުގައިވެސް ހަދާންކޮށް ދެމެވެ. އަދި ދަންނަވަމެވެ. ހަނިމާދޫގެ އިހުތިސާސްގެ ތެރެއިން ވެލި ނެގުމުގެ ހުއްދަ އޮންނާނީ ފަޅުތެރެއިން، ރަށުގެ ގޮނޑު ދޮށުން ފެށިގެން 300 ފޫޓަށް ވުރެ ދުރުން ރަށުގެ ރައްޔިތުންނަށެވެ. ރަށުން ބޭރު އެއްވެސް ފަރާތަކުން ހަނިމާދޫގެ އިހުތިސާސްގެ ތެރެއިން ވެލި ނަގަންވާނީ ރަށު ކައުންސިލުން ލިއުމުން ހުއްދަ ހޯއްދައިގެންނެވެ. އަދި ރަށުން ބޭރު މީހުން ލައްވާ ރަށުގެ ފަޅުން ވެލި ނެގުމުގެ ހުއްދަ ރަށުގެ އެއްވެސް ފަރާތަކަށް ދެވެން ނޯންނާނެ އަތީ އާއި އެއްވެސް ރަށެއްގެ އިހުތިސާސްގެ ތެރެއިން އެހެން ރަށެއްގެ ބަޔަކަށް ވެލި ނެގުމުގެ ހުއްދަ ދީފައި ނުވާތީ މިފަދަ ކަންކަށް ތަކުރާރުވިއަ ނުދިނުމަށް ހުރިހާ ފަރާތްތަކުން ސަމާލުކަން ދިނުމަށާއި މިގޮތްތަކާއި ޚިލާފަށް ވެލި ނަގާ ފަރާތްތަކާމެދު މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ފިއަވަޅު އަޅާނެކަން އަންގާ އިޢުލާން ކުރީމެވެ.

06 އޭޕްރިލް 2020
ހޯދާ