މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޯވިޑް-19 ގެ ކުއްލިހާލަތާއިގުޅިގެން މިނިސްޓްރީން ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް

 

                                                              (IUL)138-AS7/1/2020/44

 

ކޯވިޑް-19 ގެ ކުއްލިހާލަތާއިގުޅިގެން މިނިސްޓްރީން ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް

       ދުނިޔޭގައި އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އިން ރައްކާތެރިވުމަށް ރާއްޖޭގައި ސިއްޚީ ކުއްލި ޙާލަތު ޢިއުލާން ކުރެވިފައިވުމާއި ސަރުކާރު ބަންދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އަންގަވާފައިވާ ސަލާމަތީ ފިޔަވަޅުތަކަށް ރިޢާޔަތްކޮށް ސަރުކާރު ހުޅުވެންދެން، މިނިސްޓްރީއިން ޚިދުމަތް ދިނުމުގެ އިންތިޒާމްތައް މިވަގުތައް ހަމަޖެހިފައިވާގޮތް ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

ޚިދުމަތުގެ ބާވަތް

ޚިދުމަތްލިބިގަންނަ ފަރާތުން އަމަލުކުރަންވީގޮތް

އޮފީހާގުޅޭ އާންމު ކަންކަމުގައި މަޢުލޫމާތު ލިބިގަތުމަށް

ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން މެންދުރު 14:00 އަށް 3004300/3004302 ނަންބަރު ފޯނުން

"މަގޭހިޔާވެހި" ހެލްޕްޑެސް އަށް ގުޅުއްވުމަށް

ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން މެންދުރު 14:00 އަށް 3021500/3021503 ނަންބަރު ފޯނުން

މިނިސްޓްރީއިން ވަކި ގޮތަކަށް ހުށަހެޅުމަށް އެދި ޢިއުލާން ކުރެވިފައިވާ ތަކެތި ފިޔަވައި، މިނިސްޓްރީއަށް ހުށަހަޅުއްވާ ސިޓީއާއި ތަކެތި ބަލައިގަތުން

އީ-ގަވް ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުމަށްފަހު، ހާރޑްކޮޕީ ހުށަހަޅަންޖެހޭ ތަކެތި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި ނުވަތަ ލިޔުމުގައި ފޮނުވިފަރާތް އެނގޭނޭހެން ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ޖެހުމަށްފަހު ބެހެއްޓިފައިވާ ޑްރޮޕް ބޮކްސްގެ ތެރެއިން މި މިނިސްޓްރީގެ ނަންޖަހާފައިވާ ޑްރޮޕްބޮކްސްއަށް ލުމަށް.

 

       05 އެޕްރީލް 2020މ.

06 އޭޕްރިލް 2020
ހޯދާ