ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ ކޮލަމާފުށީ ދެއަވަށުގެ މަސްވެރީންގެ ހިޔާތަކުން އޮޑިދޯނި ފަހަރު މަރާމާތު ކުރުމަށްޓަކައި ބޭނުންވާ ވަގުތީ ކަރަންޓް ދޫކުރުމާއިބެހޭ އުޞޫލު

ގއ ކޮލަމާފުށީ ދެއަވަށުގެ މަސްވެރީންގެ ހިޔާތަކުން އޮޑިދޯނި ފަހަރު މަރާމާތު ކުރުމަށްޓަކައި ބޭނުންވާ ވަގުތީ ކަރަންޓް ދޫކުރުމާއިބެހޭ އުޞޫލު

ތައާރަފް:

1

(ހ)

މިއީ ޤާނޫނު ނަންބަރ 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ޖ) ގެ ދަށުން ބާރުލިބިގެން އެކުލަވާލެވިފައިވާ ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާބެހޭ ޤަވާއިދުގެ 4 ވަނަ ނަންބަރުގެ (ހ) ގެ ދަށުން ހިމަނާފައިވާ 8 ވަނަ މާއްދާ (މަގުހުރަސްކޮށްފައި ކަރަންޓް ސަޕްލައި ގެންދިއުމުގެ ހުއްދަ) އަށް ރިޢާޔަތްކޮށް ގއ ކޮލަމާފުށީ ދެއަވަށުގެ މަސްވެރީންގެ ހިޔާތަކުން އޮޑިދޯނި ފަހަރު މަރާމާތު ކުރުމަށްޓަކައި ބޭނުންވާ ވަގުތީ ކަރަންޓް ދޫކުރުމާއިބެހޭއުސޫލެކެވެ.

ނަން:

2

(ހ)

މި އުސޫލަށްކިޔާނީ "ގއ ކޮލަމާފުށީގެ ދެއަވަށުގެ މަސްވެރީންގެ ހިޔާތަކުން އޮޑިދޯނިފަހަރު މަރާމާތުކުރުމަށްޓަކައި ބޭނުންވާ ވަގުތީ ކަރަންޓް ދޫކުރުމާއިބެހޭ އުސޫލު" އެވެ.

މަގުސަދު:

3

(ހ)

މިއުސޫލު ހެދުމުގެ މަޤުސަދަކީ ރަށުގެ ދެއަވަށުގައި ޤާއިމުކުރެވިފައިވާ މަސްވެރިންގެ ހިޔާތަކުން ރައްޔިތުންނަށް ފަސޭހަކަމާއެކު އޮޑިދޯނިފަހަރު މަރާމާތުކުރުމަށްޓަކައި ބޭނުންވާ ވަގުތީ ކަރަންޓްދޫކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ.

އުސޫލު ތަންފީޒުކުރާ ފަރާތް

4

(ހ)

މި އުސޫލު ހިންގައި ތަންފީޒުކުރާނީ، ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާއިންނެވެ.

ޢަމަލުކުރަންފަށާ ތާރީޚް

5

(ހ)

މި އުސޫލަށް ޢަމަލުކުރަންފަށާނީ ، މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިޢުކުރާ ދުވަހުން ފެށިގެންނެވެ.

ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން

6

(ހ)

މި އުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަކޮށްފައިވާ ކަމެއްގެ މައްޗަށް މިއުސޫލެއް ނުހިނގާނެއެވެ. ނަމަވެސް މިއުސޫލަށް ޢަމަލުކުރަން ފެށުމަށްފަހު މިއުސޫލުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، މިއުސޫލުގެ ދަށުން ހިނގާނެއެވެ.

ހުއްދަ ހޯދުން

7

(ހ)

މި އުސޫލުގެ ދަށުން ރަށުގެ ދެއަވަށުގައި ޤާއިމުކުރެވިފައިވާ މަސްވެރިންގެ ހިޔާތަކުން އޮޑިދޯނިފަހަރު މަރާމާތުކުރުމަށްޓަކައި ބޭނުންވާ ވަގުތީ ކަރަންޓްދޫކުރެވޭނީ، އެކަމަށް ހުއްދައަށް އެދޭ ފޯމް ފުރިހަމަކޮށް ކައުންސިލަށް ހުށަހަޅައި، ކައުންސިލުން ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައެވެ.

އަގުނެގުން

8

(ހ)

 

 

(ށ)

 

(ނ)

މި އުސޫލުގެ ދަށުން ރަށުގެ ދެއަވަށުގައި ޤާއިމުކުރެވިފައިވާ މަސްވެރިންގެ ހިޔާތަކުން އޮޑިދޯނިފަހަރު މަރާމާތުކުރުމަށްޓަކައި ބޭނުންވާ ވަގުތީ ކަރަންޓް ދޫކުރެވޭނީ ގަޑިއިރަކަށް 10 (ދިހަ) ރުފިޔާގެ ރޭޓުންނެވެ.

 12 ގަޑިއިރަށްވުރެ އިތުރުވާ ކޮންމެ ގަޑިއެއް ބެލެވޭނީ 24 ގަޑިއިރުކަމަށެވެ.

އަދި މިގޮތަށް އިތުރުވާ ކޮންމެ ގަޑިއިރަކަށް ކުލީގެ ގޮތުގައި ނަގާނީ   120(ސަތޭކަ ވިހި) ރުފިޔާގެ ރޭޓުންނެވެ.

ފައިސާ ދެއްކުމަށްފަހު ޚިދުމަތުގެ ބޭނުންނުކުރިކަމުގައިވިޔަސް، އަދި ޙިދުމަތަށްއެދުނު ގަޑިއަށްވުރެ މަދުން ބޭނުންކުރިކަމުގައިވީ ނަމަވެސް ޚިދުމަތަށްއެދި ކައުންސިލަށް ދެއްކި ފައިސާއަލުން އަނބުރާ ނުލިބޭނެއެވެ.

 

(ރ)

 މި އުސޫލުގެ ދަށުން މަސްވެރީންގެ ހިޔާތަކުން އޮޑިދޯނިފަހަރު މަރާމާތުކުރުމަށްޓަކައި ބޭނުންވާ ވަގުތީ ކަރަންޓްގެ ހުއްދައަށް އެދޭފަރާތުން ހުއްދައާއި ޙަވާލުވާއިރު ހުއްދައަށްއެދުނު މުއްދަތަށްވާ ފައިސާ ކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ.

އުސޫލާއި ޚިލާފު ޢަމަލެއްކުރުން

9

(ހ)

މިއުސޫލުގައި ބަޔާންކޮށްފައިވާ އެއްވެސްކަމަކާއި ޚިލާފުވާ ފަރާތްތަކާއި، މިއުސޫލުގެ ދަށުން ދޫކުރެވޭ ހުއްދައިގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި ޚިލާފުވާ ފަރާތްތަކާއިމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކުރުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

(ށ)

ފުރަތަމަ ފަހަރުނަމަ އަނގަބަހުން ނަސޭޙަތްދިނުން

(ނ)

ދެވަނަ ފަހަރުނަމަ ލިޔުމުން ނަސޭހަތްދިނުން

(ރ)

ތިންވަނަ ފަހަރުނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ ރުފިޔާ) އާއި  1000 (އެއްހާސް ރުފިޔާ) ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރެވޭނެއެވެ.

(ބ)

ހަތަރުވަނަ ފަހަރުނަމަ ކަމުގެކުޑަބޮޑުމިނަށް ބަލައި 1000 (އެއްހާސް ރުފިޔާ) އާއި 3000 (ތިންހާސް ރުފިޔާ ) ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭއެވެ.

(ޅ)

ފަސްވަނަ ފަހަރުނަމަ ކަމުގެ ކުޑަބޮޑުމިނަށްބަލައި 3000 (ތިންހާސް ރުފިޔާ) އާއި 5000 (ފަސްހާސް ރުފިޔާ) ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެފަރާތަށްދީފައިވާ ހުއްދަ ބާތިލްކުރުމާއިއެކު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ވިޔަފާރިކުރުމުގެ ހުއްދަ ދޫނުކުރުން

(ކ)

ފަސްވަނަ ފަހަރަށްވުރެ އިތުރަށް ކުށްތަކުރާރުވާ ކޮންމެފަހަރަކަށް 5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

މާނަކުރުން

10

 

 

 

(ހ)

 

 

(ށ)

މި އުސޫލުގައި އިބަރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދެއްގައި، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިއެވަނީ، އެއިބާރާތްތަކާއި  ލަފުޒުތަކަށް، ތިރީގައި ދީފައިވާ މާނަކުރުމެވެ.

"ކައުންސިލް" މިއުސޫލުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ކައުންސިލްކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭއްގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫން ނަންބަރ (7/2010) ގެ ދަށުން އިންތިޚާބްކޮށްފައިވާ ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލެވެ.

 

"ދެއަވަށުގެ މަސްވެރިންގެ ހިޔާ" ކަމަށް ބުނެފައިއެވަނީ ރަށުގެ ދެކުނުފަރާތާއި އުތުރުފަރާތު ބަނދަރުމަތީގައި ޤާއިމުކުރެވިފައިވާ "ދެކުނު އަވަށު މަސްވެރިންގެ ހިޔާ" އާއި "އުތުރުފަރާތު މަސްވެރިންގެ ހިޔާ" އެވެ.

 

05 އޭޕްރިލް 2020
ހޯދާ