ދިވެހިރާއްޖެ
އިޢުލާން
ކަނޑުގައި ދުއްވާ ފޮރިންގ ގޮއިން އުޅަނދުފަހަރުގެ އޮފިސަރުންނަށް ދޫކުރާ ސެޓްފިކެޓް އަދި ފޮރިންގ ގޮއިންގ އުޅަނދުފަހަރު ސަރވޭ ކުރުމަށްފަހު ދޫކުރާ ސޭފްޓީ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށް ދިނުން
ދިވެހި ރާއްޖޭގައި ކޮވިޑު-19 ފެތުރުން ކޮންޓުރޯލްކޮށް އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އާއްމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު ގެ ދަށުން އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 12 މާރިޗު 2020 ގައި މިނިސްޓަރ އޮފް ހެލްތު އިއުލާން ކޮށްފައިވާތީ އާއި އަދި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ ސަރކިއުލަރ ލެޓަރ 4204/Add.5 (17 މާރިޗު 2020) އަށް ހަވާލާދީ ދަންނަވެމެވެ.
01 މާރިޗު 2020 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ ދިވެހިރާއްޖެއިން ދޫކޮށްފައިވާ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ (ސީ.އޯ.ސީ) މުއްދަތު ހަމަވާ ތާރީހުން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަށް ރިވެލިޓޭޑް ކޮށްދޭގޮތަށް ހަމަޖައްސައިފީމެވެ. މިގޮތުން ރާއްޖެއިން ބޭރުގައި ތިބެގެން ސީ.އޯ.ސީ ސެޓްފިކެޓް މުއްދަތު ހަމަވާ ފަރާތްތަކުގެ ސެޓްފިކެޓްތައް ރިވެލިޑޭޓް ކުރުމަށް ޑޮކިއުމަންޓް [email protected] އަށް މެއިލް ކޮށްދެއްވުމަށް ދެންނެވީމެވެ.
01 މާރިޗު 2020 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވެގެން ރިވެލިޓޭޑް ކުރުމަށް ހުށަހަޅާ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ (ސީ.އޯ.ސީ) އަށް ރިވެލިޑޭޓް ކުރުމަށްޓަކައި ހުށަހަޅަންޖެހޭ ދިވެހިރާއްޖޭގެ އިންސްޓިޓިއުޓަކުން ދޫކޮށްފައިވާ ރިފްރެޝަރ ކޯސް ތަކުގެ ސެޓްފިކެޓް ތަކުގެ މުއްދަތު ވެސް 6 މަސް ދުވަހުގެ މުއްދަތަށް އިތުރުކޮށް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިކަމަށް އެދޭ ފަރާތްތަކުންވެސް ލިޔުންތައް [email protected] އަށް މެއިލް ކޮށްދެއްވުމަށް ދެންނެވީމެވެ.
ދިވެހި ސީމަނުންނަށް ދޫކޮށްފައިވާ މެޑިކަލް ފިޓްނަސް ސެޓްފިކެޓް މުއްދަތު 1 މާރިޗު 2020 އިން ފެށިގެން މުއްދަތުހަމަވާ ފަރާތްތަކުގެ މެޑިކަލް ފިޓްނަސް ސެޓްފިކެޓްގެ މުއްދަތު 30 ޖޫން 2020 ގެ ނިޔަލަށް އިތުރު ކޮށްދީފީމެވެ.
ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން އޮޕަރޭޓްކުރާ ފޮރިންގ ގޮއިން އުޅަނދު ފަހަރަށް ދޫކޮށްފައިވާ ސޭފްޓީ ސެޓްފިކެޓް 1 މާރިޗު 2020 އިން ފެށިގެން މުއްދަތު ހަމަވާ ސެޓްފިކެޓްތައް 30 ޖޫން 2020 ގެ ނިޔަލަށް މުއްދަތު އިތުރު ކޮށްދީފީމެވެ.
އަދި ދަންނަވަމެވެ. ޕޯޓް ފެސިލިޓީ ތަކަށް ދޫކޮށްފައިވާ ހުއްދަ 01 މާރިޗު 2020 އިން ފެށިގެން ހަމަވެފައިވާ ފެސިލިޓީތަކަށް ކުރިން ދޫކޮށްފައިވާ ހުއްދަ 30 ޖޫން 2020 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިންކަންވެސް ޢާއްމުކޮށް އިޢުލާން ކުރީމެވެ.
06 ޝައުބާން 1441
30 މާރިޗު 2020