އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ތާރީޚަށް ބަދަލުގެނައުން

އަންދާސީ ހިސާބު ހުށަހެޅުމުގެ ތާރީޚް ބަދަލުވުމާއި ގުޅޭ:

އދ. އަތޮޅުގައި ލެބޯޓްރީ ނެތް ރައްރަށުން އެރަށަކާއި އެންމެ ގާތުން މިޚިދުމަތް ލިބެންހުރި ރަށެއްގެ ލެބޯޓްރީއަށް ސާޕމްޕަލް ކެރިއަރ އުފުލައިދޭނެ ފަރާތެއް ހޯދުމަށް، މިހޮސްޕިޓަލުންކުރި (ނަމްބަރު:(IUL)ADAH-AH/INDIV/2020/11)، (ނަމްބަރު:(IUL)ADAH-AH/INDIV/2020/12)، (ނަމްބަރު:(IUL)ADAH-AH/INDIV/2020/13) އަދި (ނަމްބަރު:(IUL)ADAH-AH/INDIV/2020/14) އިޢުލާނު ތަކުގައި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ 19 މާރިޗް 2020 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ކަނޑައެޅުމާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ތާރީޚަށް ބަދަލުގެނެސްފީމެވެ.

ވީމާ މިހޮސްޕިޓަލްގެ (ނަމްބަރު:(IUL)ADAH-AH/INDIV/2020/11) ، (ނަމްބަރު:(IUL)ADAH-AH/INDIV/2020/12) ، (ނަމްބަރު:(IUL)ADAH-AH/INDIV/2020/13) އަދި (ނަމްބަރު:(IUL)ADAH-AH/INDIV/2020/14)  އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ދެން އެންމެ އަވަހަށް ސަރުކާރު ހުޅޫވޭ ދުވަސް ކަމުގައިވާ 29 މާރިޗް 2020 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އެ އިޢުލާނުތަކުގައި ކަނޑައަޅާފައިވާ ތަނަކަށެވެ. އަދި މިދެންނެވި ތާރީޙަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ، އަންދާސީހިސާބު ހުށަހަޅާނީ އެންމެ އަވަހަކަށް ސަރުކާރު ހުޅުވޭ ދުވަހެއްގެ 11:00 އަށް ކަމުގައިވެސް އާއްމުކޮށް އެންގުމަށްޓަކާ އިޢްލާންކުރީމެވެ.

18 މާރިޗު 2020
ހޯދާ