އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ނެވި

އިޢުލާނު

 

މަޤާމު:

ނެވި

މަޤާމުގެ ނަންބަރު:

J-312783

ބޭނުންވާ އަދަދު:

1(އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސާރވިސް ގްރޭޑް 3

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މުސާރަ:

 3875/-

ސަރވިސް އެލަވަންސް:

 1000/-   

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ރިސްކް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުގެ ދަށުން
  4. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/1200 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހޮސްޕިޓަލް އޮފީހުން އަންގައި އަދި ރާވައި ގޮތެއްގެ މަތިން، ދޯނި/ލޯންޗްގައި ކުރަންޖެހޭ ދަތުރުތައް ކުރުން.
  2. ދޯނި/ލޯންޗްގައި ކުރަންޖެހޭ ދަތުރުތަކަށް، ފަޅުވެރިން މެދުވެރިކޮށް ދޯނީގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
  3. ދޯނި/ލޯންޗް ދަތުރުތައް ކުރުމުގެ ކުރިން އިންޖީނުގެ އަޑީތެޔޮ ބަލައި މަދުނަމަ އަޑީތެޔޮ އަޅައި، އިންޖީނުގައި މައްސަލައެއް އުޅޭތޯ ބަލައި، ދަތުރަށް ބޭނުންވާވަރަށް ތެޔޮއެޅުން.
  4. ދޯނި/ލޯންޗް އިންޖީނަށް ދިމާވާ މައްސަލަތައް ދެނެގަނެ، ހައްލުކުރެވޭވަރުގެ މައްސަލަތައް ފަޅުވެރިންގެ އެހީތެރިކަމާއި އެކީ ޙައްލުކުރެވޭތޯ ބެލުން، ޙައްލުނުކުރެވޭނަމަ ސުޕަވައިޒަރަށް އެންގުން.
  5. ދޯނި/ލޯންޗަށް ބޭނުންވާ އެންމެހައި އާލާތްތަށް އަދި އިންޖީންނަށް ބޭނުންވާ ސްޕެއަރ ފަދަ ތަކެތި ކަމާއިބެހޭ ފަރާތުގައި ދަންނަވާ ހޯދުން.
  6. ދޯނި/ލޯންޗްގެެ ދަތުރުތަކަށް ކުރެވޭ ޙަރަދުތަށް، އަދި ދަތުރަށް ޙަރަދުވާ ތެލުގެ ލިޔެކިއުންތައް ވަކިން  ބެލެހެއްޓުން.
  7. ދޯނި/ލޯންޗްގައި ކުރަންޖެހޭ މަރާމަތްތަކަށް ހޯދަންޖެހޭ ތަކެތި ހޯދައި، ފަޅުވެރިންގެ އެހީތެރިކަމާއި އެކީ މަރާމަތްތަކުގެ މަސައްކަތްތައް ކުރުމާއި ހަފްތާއަކު މަދުވެގެން އެއްފަހަރު ދޫނީގެ ފެހިކެހުން.
  8. ދޯނި/ލޯންޗް އެހެލައި އަދި ބާލައި، ޕޮލިޝް ކުރަންޖެހޭ ހޮޅިތައް ޕޮލިޝްކޮށް ދަވާދުލުންފަދަ ކަންތައްތަކުގައި އިސްވެ އުޅުން.
  9. ދުވާލަކު އެއްފަހަރު ދޯނި/ލޯންޗް ސާފުކުރުމާއި، ދަތުރުތައް ކުރުމައްފަހު ދޯނި/ލޯންޗަށް ފެންޖަހައި ދޮވުން.

10. ދޯނި/ލޯންޗް ބޭނުންކުރާ އެހެނިހެން ތަކެއްޗާއި، ހިފާގެންގުޅޭ ތަކެތީގެ އިންވެންޓްރީ ރަނގަޅަށް ބެލެހެއްޓުން.

11. ސަރުކާރުގެ ޤަވާއިދު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން، އަހަރީފީ އަދި ސަރުކާރަށް ދައްކަންޖެހޭ އެހެނިހެން ފީ ތައް ގަވާއިދުން  ދައްކައި، ދޯނި/ލޯންޗްގެ ސަލާމަތީއެންމެހައި ކަންތައްތައް ބެލެހެއްޓުން.

  1. ދޯނި/ލޯންޗްގެ ދަތުރުތައް ކުރުމުގައި، ގާނޫނާއި ގަވާއިދުތަކަށް ޙުރުމަތް ތެރިކޮން ހިތުން.
  2. ދަތުރު ނުކުރާ ދުވަސްތަކާއި ގަޑިތަކުގައި ހޮސްޕިޓަލް އޮފީހުން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.
  3. މަސައްކަތަށާއި، ވެރިންނަށް އިޙްލާސްތެރިވެ އަދި ޙަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް އަދާކުރުން.

 

މަޤާމުގެ ޝަރުޠުތައް:

މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދަ އެއް ހާސިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސެއްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިހޮސްޕިޓަލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ލިބިފައިވާ ހުނަރު ( އިންޓަރވިއު / ޕްރެކްޓިކަލް ).

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 7 އޭޕްރިލް 2020ގެ 13:30ގެ ކުރިން، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް raa.urh@gmail.com މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 12 އޭޕްރިލް 2020 އާއި 16 އޭޕްރިލް 2020 އާއި ދެމެދު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6580029) އަށެވެ. އީ-މެއިލް ކުރާނީ (raa.urh@gmail.com) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

18 މާރިޗު 2020
ހޯދާ