އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

މި އިޢުލާންވަނީ 18 މާރިޗު 2020 14:11 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު

 

މަޤާމު:

ރިސެޕްޝަނިސްޓް

މަޤާމުގެ ނަންބަރު:

J-312716

ބޭނުންވާ އަދަދު:

1(އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މުސާރަ:

 4465/-

ސަރވިސް އެލަވަންސް:

 1500/-   

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ރިސްކް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުގެ ދަށުން
  4. ސަޕޯޓިންގ ކޯ 2 އެލަވަންސްގެ ގޮތުގައި -/700 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅުއްވާފަރާތްތަކަށް އިޙުތިރާމާއިއެކު ޖަވާބުދަރިވުމާއި، އަންނަ ކޯލްތަކަށް ޖަވާބުދީ އެޕޮއިންޓްމަންޓްގެ އެންމެހައިކަންތައް ހަމަޖެއްސުން.  އަދި އެފަރާތްތަކަށް ކަމާއި ގުޅޭ ހުރިހާމަޢުލޫމަތު ފޯރުކޮށްދިނުން.
  2. އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތައް ޤަވާޢިދާއި އެއްގޮތަށް ރަޖިސްޓްރީކޮށް ކަޑައެޅިފައިވާ ތަރުތީބުން މެމޯދޫކުރުން.
  3. ރަޖިސްޓްރީކުރުމާއި ނަމްބަރ ދޫކުރުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ނަމްބަރ ދޫކުރަން ފެށުމުގެ ކުރިން މަސައްކަތަށް ބުރުނާރާނެ ގޮތަކަށް ހަމަޖައްސާފައި ބޭއްވުން، ކޮންމެ ޝިފްޓެއްގައިވެސް ޑިއުޓީއަށް އައިސް ހޭންޑްއޯވަރ ނެގުމަށްފަހު ލަސްނުކޮށް ދުވަހުގެ މަސައްކަތަށް ތައްޔާރުވުން.
  4. އެޕޮއިންޓްމެންޓް ހެދުމަށާއި މެމޯ ދޫކުރުމަށް ކަޑައެޅިފައިވާ ގަޑީގައި އެމަސައްކަތް ފޭށޭނެގޮތަކަށް އިންތިޒާމްކުރުން. މަޤްބޫލު އެއްވެސް ސަބަބަކާ ނުލާ ކަޑައެޅިފައިވާ ގަޑީގާ ޚިދުމަތް ނުދެވި ލަސްވެގެންނުވާނެގޮތަކަށް އިންތިޒާމްކުރުން.
  5. އެމްބިއުލަންސްގެ ޚިދްމަތަށް އެދޭފަރާތްތަކަށް އެޚިދްމަތަށް މަގުފަހިކޮށް ދިނުމާއެކު ، ލަސްނުކޮށް ޚިދުމަތްލިބޭނެގޮތް ހަމަޖެއްސުމާއެކު  ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން، އެމްބިއުލަންސްގެ ދަތުރުތައް ލިއުމަށްހަމަޖެހިފައިވާ ފޮތުގާ ގަވާއިދުން ނޯޓްކުރުން. 
  6. މެޑިކަލް ސަރޓިފިކެޓް /ޑިސްޗާރޖް ސަމަރި ރިފަރެލްފަދަ ތަކެތި ޓައިޕްކުރުން.
  7. އޯ.ޕީ.ޑީގައި ހިނގާ ހުރިހައި ( ކޭޝިއަރ،ތަރުޖަމާނު،ޕީ.އާރު.އޯ ) މަސައްކަތްތައް ކުރުން.
  8. ޑިއުޓީގަޑީގައި މުވައްޒަފަކު ސަލާމްބުނެފިނަމަ، ނުވަތަ އެނޫންވެސް ސަބަކާއިހުރެ އެމުވައްޒަފުގެ މަސައްކަތް ކުރަންހަވާލުކޮށްފިނަމަ އެމަސައްކަތްތައް ޤަވާޢިދާއި އެއްގޮތަށް ކުރުން.
  9. ރަޖިސްޓްރޭޝަންގައި ހުންނަ ކީބޯރޑް(ހޮސްޕިޓަލުގެ ތަންތާގެ ތަޅުދަނޑިތައް ބަހައްޓާފައި ހުންނަ) ގެ ތަޅުދަނޑި ޙަވާލުކުރެވިއްޖެނަމަ ތަޅުދަނޑި ދޫކުރުމާއި ޙަވާލުވުމުގައި ހޮސްޕިޓަލުން ހަމަޖައްސަފައިވަ ގަވާއިދާ އެއްގޮތަސް އެކަންކުރުން.
  10. ހޮސްޕިޓަލަށް ޚިދުމަތް ހޯދުމަށާއި އެކި ބޭނުންތަކަށް އަންނަ މީހުންނާއި މުޙާތަބުކޮށް ވާހަކަ ދެއްކުމުގާ ނުވަތަ އެހީތެރިވުމުގާ މަޑުމައިތިރިކަމާއި  އިޙުތިރަމާއެކު ރީތި ބަހުން ވާހަކަ ދެއްކުމާއި މީހަކު ނުރުހުންތެރިކަމާއެކު ވާހަކަދެއްކި ނަމަވެސް، އެފަރާތްތަކާއިމެދު ވިހާވެސްރަގަޅަށް ކަންތައްކުރުން. 
  11. ޑިއުޓީގަޑިއަކީ ރައްޔިތުންގެ ޚިދްމަތުގައި މަސައްކަތްކުރަންތިބޭ ގަޑިއެއްކަމުން ސެކްޝަނުގެ މަސައްކަތާއި ނުގުޅޭ އެއްވެސް ކަމަކަށް ވަގުތު ހުސްކޮށްގެން ނުތިބުން.
  12. ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވުން.
  13. އެކި ބޭނުންތަކުގައި އަންނަ މުވައްޒަފުންނާއި، ހޮސްޕިޓަލުގެ ދަށުންހިންގޭ އެހެނިހެން ޞިއްޙީޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އަދި އެހެނިހެން މީހުންނަށްވެސް އިޚްތިރާމާއި ހިތްހެޔޮކަމާއެކު މުޢާމަލާތުކުރުން.
  14. ހޮސްޕިޓަލުން ޚިދުމަތްދެވެން ނެތިގެން / ހާލުބޮޑުވެގެން މާލޭ އަށް ނުވަތަ އެހެންތަނަކަށްވެސް ޑޮކްޓަރ ބަލިމީހަކު ރިފަރކުރައްވައިފިނަމަ އެކަމަކާއި ގުޅިގެން ކުރްނަޖެހޭ އެންމެހާކަންތައް ލަސްނުކުރައްވާ ހަމަޖެހިފައިއޮންނަ  އުސޫލުން ވީހާވެސް އަވަހަކަށް ކުރުން . އަދި އެކަންތައް ކުރިއަށްދާގޮތް ބަލިމީހާގެ އާއިލާގެ މީހުންނަށް ސާފުކޮށް ބުނެދިނުން.
  15. ހޮސްޕިޓަލުންދޭ ޙިދުމަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ބަލައިގަތުން.
  16. ހިދުމަތުގެ އަގުނެގުމުގައި އަގު ކަނޑައަޅާފައިވާ ލިސްޓްގައިވާ ގޮތުގެ މަތީން އަގުނެގުން، އަދި ލިސްޓްގައި އަގު ކަނޑައެޅިފައި ނެތް ހިދުމަތެއް ދޭން ޖެހިއްޖެނަމަ، ޑިޕާޓްމަންޓްގެ އިސްވެރިޔަކަށް ދަންނަވައިގެން އަގު ސާފުކުރުމަށްފަހު އަގުނެގުން.
  17. އާންމުކޮށް ބިލްހަދާގޮތަށް އޮފީހުން ކަނޑައަޅާފައިވާ ފަރާތްތައް ފިޔަވައި ، ފަހުން އަގުދައްކާގޮތަށް އެއްވެސް ފަރާތަކަށް ހިދުމަތެއްދޭނަމަ އެފަރާތްތަކުން އެހިދުމަތަށް އެދުނު ލިއުންހޯދާ ވެރިޔަކަށް ދަންނަވާ ހުއްދަހޯދުން.
  18. ކޮންމެދުވަހަކުވެސް ހެދޭ ބިލްތައް  ( އިންޕޭޝަންޓް/އައުޓް ޕޭޝަންޓު ވަކިން ) އަނެއްދުވަހު ހެދުނު އޮފީހުގެ ފައިނޭންސް ސެކްޝަނަށް ހަވާލުކުރުން.
  19. ފައިސާ ބަލައިގަތުމާއި މަސައްކަތާއިގުޅޭ އެންމެހާ ގަވާއިދުތައް ބަލާ އެގަވާއިދަށް އަހުލުވެރިވެ، އޮޅުންއަރާފަދަ ކަމެއް ދިމާވެއްޖެނަމަ ސެކްޝަނުގެ އިސްމުވައްޒަފަކާއި ގުޅައިގެން ރަނގަޅަށް  އެކަމެއް އޮޅުންފިލުވުން.
  20. ކޮންމެ ދުވަހަކު ލިބޭ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ޖެހިގެން އަންނަ ދުވަހު އޮފީހުގެ ފައިނޭންސް ޑިޕާޓްމެންޓްގެކަމާއިބެހޭ މުވައްޒަފާކާއި ހަވާލްކުރުން.
  21. ފައިސާ ބަލައިގަނެ ރަސީދު ދޫކުރުމަށްފަހު ހިދުމަތް ދެވޭގޮތެއް ނުވެގެން ފައިސާ އަބުރާ ދޭންޖެހިއްޖެނަމަ، އެޙިދުމަތް ދޭ ޑިޕާޓްމަންޓްގެމުވައްޒަފަކު އެހިދުމަތް ނުދެވޭ ކަމާއި، ނުދެވުނުސަބަބު ލިޔެ ސޮއިކޮށްފައިވާ ލިޔުމަކާއި އެކު ހުށަހެޅުމުން އެފައިސާ އެފަރާތަކާއި ހަވާލްކުރުން. މިގޮތުން އަނބުރާދެވޭ ފައިސާގެ ރަސީދުގެ އަސްލު އެފަރާތުން ހޯދާ، ރަސީދުގެ ކޮޕީއާއި އެކު ހީރަސްޖަހާ، އެރަސީދުގައިވާ ފައިސާ އަނބުރާ ހަވާލްކުރެވުނުކަމަށް ބިލްގައިލިޔެ އެވަގުތު ސެކްޝަންގެ ޝިފްޓު އިންޗާރޖަކަށްހުރި މުވައްޒަފަކު ލައްވަ ސޮއިކުރުވުން. (އަދި މިގޮތަށް އަނބުރާ ފައިސާދެވޭނީ އެދުވަހެއްގައި ހެދިފައިވަ ރަސީދަކަށް އެދުވަހު ފައިސާދޭ ގޮތަށެވެ.)
  22. އަގުނަގާ ހިދުމަތްތަކަށް އަގުނެގުމުގައި ރިކުއެސްޓް ފޯމް ނުވަތަ މެމޯ ގެނައުމުން އޭގައިވާ ހިދުމަތަށް އަގުނެގުން، އޮޕަރޭޝަން ތިއޭޓަރާއި، ވޯޑުތަކާއި، ފަރުވާދޭ ކޮޓަރިން ދެވޭ ހިދުމަތަށް އަގުނަގާނީ "ސަރވިސް ނޮޓިފިކޭޝަން ސްލިޕް" ގެނައުމުން އެއަށް ބަލައިގެންނެވެ. އަދި މިއުސޫލަށް އިތުރު ބަދަލެއް އަތުވެއްޖެނަމަ ، އެބަދަލަކާއި ގުޅޭގޮތުން ޑިޕާޓްމަންޓުން އަންގާގޮތަކަށް ފައިސާ ބަލައިގަތުމުގައި އަމަލުކުރުން.
  23. ކޭޝިއަރުންގެ ޑިއުޓީއާއި ހަވާލުކުރެވިއްޖެނަމަ ތިޖޫރީ އާއި ވަތްގަނޑުގައި ހުންނަ ފައިސާ ، ތަފްސީލް އެނގޭގޮތަށް ފޮތެއްގައި ލިޔެ ހޭންޑް އޯވަރ ދިނުން ، އަދި ވަތްގަނޑާއި ތަޅުދަނޑިތަކާއި ކޭޝިއަރގެ ޙަވާލުގައި ހުންނަ ހުރިހާތަކެއްޗާއި ލިއުމުން ޙަވާލުވުން / ހަވާލުކުރުން.
  24. އާސަންދައިގެ ޚިދުމަތާއިގުޅޭ މަޢުލޫމާތުތައް ހޯދާ ލިބިގަތުން / ސެކްޝަނުންކުރާ މަސައްކަތުގެތެރެއިން ކަނޑައެޅޭ ވަކިމަސައްކަތެއް ކުރުމާއި ބެލެހެއްޓުމަށް ހަވާލުކުރެވިއްޖެނަމަ އެމަސައްކަތެއްކުރުމާއި އަދި އެމަސައްކަތެއް ހިންގާ ބެލެހެއްޓުން  .
  25.   އަދި މިނޫނަސް ހޮސްޕިޓަލް އޮފީހުން އަންގާއެންގުންތަކާއި، ހޮސްޕިޓަލްގައި ހިންގާ އެންމެހާ ހަރަކާތްތަކުގައާއި، އެހެނިހެން މަސައްކަތްތަކުގައި ފުރިހަމައަށް އެއްބާރުލުން ދިނުން.

  

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިހޮސްޕިޓަލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 1 އޭޕްރިލް 2020ގެ 13:30ގެ ކުރިން، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 12 އޭޕްރިލް 2020 އާއި 16 އޭޕްރިލް 2020 އާއި ދެމެދު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6580029) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

17 މާރިޗު 2020
ހޯދާ