މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"މެކޭނިކަލް ސަރވިސަސް ވޯކްޝޮޕް" މާރާމާތުކޮއްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

"މެކޭނިކަލް ސަރވިސަސް ވޯކްޝޮޕް" މާރާމާތުކޮއްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި ހުންނަ މިކުންފުނީގެ "މެކޭނިކަލް ސަރވިސަސް ވޯކްޝޮޕް"ގެ ފުރާޅު، ދިޔަދޮވި، ކުލެޑިންގްސް، ތަޅުންގަނޑު އަދި ރޭމްޕް ފަދަ ތަންތަން މިކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް މަރާމާތު ކޮއްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 މާރިޗު 19 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

      ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އަދި "ސައިޓް ވިޒިޓް" 2020 މާރިޗު 25 ވާ ބުދަ ދުވަހުގެ ހެދުނު 11:30 ގައި މި ކުންފުނީގެ މައި އިދާރާ  (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް، ވީ.އައި.އޭ)ގައި އޮންނާނެއެވެ. 

      ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 އެޕްރީލް 5 ވާ އާދިއްތަދުވަހުގެ ހެދުނު 11:30 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 އެޕްރީލް 5 ވާ އާދިއްތަދުވަހުގެ ހެދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

      ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

12 މާރިޗު 2020
ހޯދާ