ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
" ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓަރލިލީ އެޕާރޓްމަންޓްސް) 01-03 ފްލެޓް " ވިއްކުމާބެހޭ

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ.

މާލެ،

ދިވެހިރާއްޖެ.

ނަންބަރު: (IUL)HDFC/INDIV/2020/1                            

އިޢުލާން

" ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓަރލިލީ އެޕާރޓްމަންޓްސް) 01-03 ފްލެޓް " ވިއްކުމާބެހޭ

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. އިން އަލްފާޟިލް އިސްމާޢީލް އިބްރާހީމް، ދަފްތަރު. ނަންބަރު ރސ 5750 / މާލެ އާއި އަލްފާޟިލާ އާމިނަތު ޝަހާމާ ޢީސާ، ހަވީރީނާޒް / ރ. އަލިފުށި އަށް ދޫކޮށްފައިވާ ލޯނަށް ރަހުނު ކޮށްފައިވާ  " ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓަރލިލީ އެޕާރޓްމަންޓްސް) 01-03 ފްލެޓް" ވިއްކުމާ ބެހޭ

ފްލެޓް ގެ ތަފްސީލް:

ބާވަތް: އެއްމެދު ޢިމާރާތް

ނަން: ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓަރލިލީ އެޕާރޓްމެންޓްސް)

ފްލެޓުގެ ރަޖިސްޓްރީ ނަންބަރު: އ.އ.ހ.07/01-03/02

މި ފްލެޓުގެ ނަންބަރު: 01-03

ގޯތީގެ ތަފްޞީލް: 866 އަކަ ފޫޓު

ވެރިފަރާތް: އަލްފާޟިލް އިސްމާޢީލް އިބްރާހީމް، ދަފްތަރު.ނަންބަރު ރސ 5750 މާލެ އަދި އަލްފާޟިލާ އާމިނަތު ޝަހާމާ، ހަވީރީނާޒް / ރ. އަލިފުށި

ރަޙުނު ވިއްކާލުމުގެ ހުއްދަ: ސިވިލް ކޯޓުގެ ނަންބަރު: 100/Cv-C-HD/2019 (20 ފެބްރުއަރީ 2020) ޤަޟިއްޔާއިން

ނީލަމުގެ ތަފްސީލް:

މަދުވެގެން ހުށަހެޅޭނެ އަގު: 3,041,835/34ރ. ( ތިން މިލިޔަން ސާޅީސް އެއް ހާސް އަށް ސަތޭކަ ތިރީސް ފަސް ރުފިޔާ ތިރީސް ހަތަރު ލާރި)

މަދުވެގެން އިތުރުކުރެވޭނެ އަދަދު: -/50,000ރ. ( ފަންސާސް ހާސް ރުފިޔާ)

މުއްދަތު ހަމަވާ ތާރީޚް: 26 މާރިޗް 2020 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 1:30

ވީމާ، " ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓަރލިލީ އެޕާރޓްމެންޓްސް)" ފްލެޓް ބައްލަވައި ގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އަގު ސާފުކޮށް ބަޔާންކުރައްވައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއެކު ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި، މިކުންފުނީގެ ހެޑްއޮފީސް، ހ. މިއަލަނި، 3 ވަނަ ފަންގިފިލާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި " ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓަރލިލީ އެޕާރޓްމެންޓްސް) ފްލެޓް ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މިސިޓީތައް ކަނޑާ ބެލުން އޮންނާނީ 26 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގައި މިކުންފުނީގެ ހެޑްއޮފީހުގައި، ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ. އެއަށްވުރެ މަތީއަގެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ފަހަރަކު އިތުރު ކުރެވޭނީ މަދުވެގެން 50,000/- ރުފިޔާއެވެ. ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މިކުންފުނީގެ ވެބްސައިޓް (www.hdfc.com.mv) ގައި އިއުލާންކުރެވި، މިކުންފުނީގެ ނޯޓިސް ބޯރޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ ވިދިވިދިގެން 03 (ތިނެއް) ދުވަހު (ރަސްމީ ބަންދު ދުވަސްތައް ނުލައި) އެއް އަގެއްގައި އޮތުމުންނެވެ. އެފަރާތަކަށް ނީލަން ނިންމުމަށް މިކުންފުނިން ކަނޑައަޅައިފިކަން އަންގާ ތާރީޙުން ފެށިގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި އެފަރާތަކުން ހުށަހެޅި އަގަށްވާ ފައިސާ މިކުންފުންޏަށް ނުދައްކައިފިނަމަ އެހުށަހެޅުން ބާޠިލް ކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން ބާތިލްކޮށް، އަލުން ފެށުމުގެ ޙައްޤު މިކުންފުންޏަށް ލިބިގެންވެއެވެ.

ވަކިފަރާތަކަށް ނީލަން ނިންމުމަށް މިކުންފުނިން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް މިކުންފުނިން އެންގުމުގެ ކުރިން ނީލަން ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވާކަމުގައި ދެންނެވީމެވެ. އަދި މީގެ އިތުރުން މިފްލެޓް (ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓަރލިލީ އެޕާރޓްމެންޓްސް) ގަތުމަށް ވަކި ފަރާތަކުން ފައިސާ ދެއްކުމުގެ ކުރިން ޢިމާރާތުގެ ވެރިފަރާތުން މިކުންފުނިން ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހި ނުދެއްކެވިވާ ފައިސާ ދައްކަން ބޭނުންވެލައްވާނަމަ، އެފަރާތަށް އިސްކަންދެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ރިކަވަރީ ޑިޕަރޓްމަންޓާއި (ފޯނު ނަންބަރު: 3334666 އަދި 3000112، އީމެއިލް: recovery@hdfc.com.mv) ގުޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ބަޔާން ކުރެވިފައިވާ ފްލެޓް " ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓަރލިލީ އެޕާރޓްމެންޓްސް) " ކ. ހުޅުމާލެ ގަތުމަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ މިކުންފުނީގެ ބޯޑް ޑައިރެކްޓަރަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ އެއްވެސް ބޭފުޅަކަށް (މަންމަ ނުވަތަ ބައްޕަ، ދަރިން، އެއްބަނޑު ނުވަތަ އެއްބަފާ ބޭފުޅުން އަދި ފިރިމީހާ ނުވަތަ އަނބިމީހާ) ބައިވެރިއެއް ނުވެވޭނެއެވެ.

                   16  ރަޖަބް  1441

                   11  މާރިޗް  2020

 

12 މާރިޗު 2020
ހޯދާ