މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ކޭޝިއަރ (ކޮންޓްރެކްޓް)

މަޤާމް:

ކޭޝިއަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (ކޮންޓްރެކްޓްކުރެވޭ ތާރީޙުން ފެށިގެން 6 މަސްދުވަހުގެ މުއްދަތައް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ލޭންޑް އެންޑް ވައިޓަލް ރެޖިސްޓްރޭޝަން / ވައިޓަލް ރެޖިސްޓްރޭޝަން ސެކްޝަން / ބާރތް ރެޖިސްޓްރޭޝަން ޔުނިޓް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އިމާރާތް)

މުސާރަ:

4465.00

ސަރވިސް އެލެވަންސް:

1500.00

އެހެނިހެން އެލަވަންސް:

  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ
  • ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ލިބޭނެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަލަށް އުފަންވާ ކުދިންނަށް އުފަންދުވަހުގެ ސެޓްފިކެޓް/ރަޖިސްޓްރީ ހެދުމަށް އަންނަ ފޯމްތައް ބަލައިގަނެ ފައިސާ ނެގުން
  2. އުފަންދުވަހުގެ ރަޖިސްޓްރީއާއި ސެޓްފިކެޓް (އިސްލާޙު ކުރުމަށް، އާކުރުމަށް، ގެއްލިގެން، އިނގިރޭސި ބަހަށް ތަރުޖަމާކުރުމަށް) ހުށަހަޅާ ފޯމްތައް ބަލައިގަނެ، ނަގަންޖެހޭ ފައިސާނެގުން
  3. މާލޭ ރަށްވެއްސަކަށްވުމުގެ ސެޓްފިކެޓާއި ދަފްތަރު ރަޖިސްޓްރީ ގެއްލިގެން އަލުން ހަދައިދިނުމަށް ހުށަހަޅާފޯމްތައް ބަލައިގަނެ ނަގަންޖެހޭ ފައިސާ ނެގުން.
  4. ރަށްރަށުން މާލެއަށް ރަށްވެހިކަން ބަދަލުވުމަށް ހުށަހެޅޭ ފޯމްތަކާއި، ދަފްތަރުގައި ޖެއްސުމަށް ހުށަހަޅާ ފޯމްތައް ބަލައި ގަތުމާއި ފައިސާ ނެގުން
  5. މާލެ، ހުޅުމާލެ، ވިލިމާލޭގެ ގޭގެއަށާއި، ފްލެޓްތަކަށާއި ރޯހައުސްތަކަށް ރަށްވެހީންގެ ރަޖިސްޓްރީ ހެދުމަށް ހުށަހެޅޭ ފޯމްތައް ބަލައިގަނެ ނަގަންޖެހޭ ފައިސާ ނެގުން.
  6. ޖޫރިމަނާ ވެގެން އަންނަ ފޫޅުމާފޯމްތައް ބަލައިގަނެ ޖޫރިމަނާ ފައިސާ ބަލައިގަތުން
  7. ހުޅުމާލެ ސެކްޝަނަށް ހުށަހަޅާ ތަކެތީގެ ތެރެއިން ފައިސާ ބަލައިގަންނަންޖެހޭ އެންމެހާ ކަންކަމަށް ބަލައިގަންނަންޖެހޭ ފައިސާ އޮންނަ އުޞޫލުގެ މަތީން ބަލައިގަތުން.

މަޤާމުގެ ޝަރުޠުތައް:

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޚާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޚާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމް، މި ފޯމް މި އިދާރާގެ މައްޗަންގޮޅި އޮފީހުން ލިބެން ހުންނާނެއެވެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • އިގިރޭސިބަހުން ރަނގަޅަށް ލިޔަންކިޔަން، އަދި ވާހަކަ ދައްކަން އެނގުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މާރިޗް 2020 ގެ 13:00 ގެ ކުރިން، މާލޭ ސިޓީ ކައުންސިލްގެ އިދާރާ މައްޗަންގޮޅީ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 05 އޭޕްރިލް 2020 އާއި 09 އޭޕްރިލް 2020 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                                          15 ރަޖަބު 1441

10 މާރިޗު 2020
ހޯދާ