ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.އަތޮޅުގައި ފައިނޭޝިއަލް އިންސްޓިޓިއުޓެއް ޤާއިމުކުރުމަށްޓަކައި ކޮންސަލްޓެންސީދޭނެ ފަރާތެއް ބޭނުންވެއްޖެ

                          ނަމްބަރ: (IUL)241-A/241/2020/15

 

އިޢުލާން

 ގއ. އަތޮޅުގައި ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގާއިމުކުރުމަށްޓަކައި ކޮންސަލްޓެންސީދޭނެ ފަރާތެއް ބޭނުންވެއްޖެ.

 

ގއ. އަތޮޅުކައުންސިލުން އިސްނަގައި، ދިވެހިސަރުކާރާ ގުޅިގެން ފައިނޭންޝަލް އިންސްޓިޓިއުޝަނެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާތީ، އެ އިދާރާ ޤާއިމުކުރުމާބެހޭ މާލީ އަދި ފަންނީ ކަންތައްތައް ދިރާސާކޮށް، ފީޒިބިލިޓީ ސްޓަޑީއެއް ހަދައި، ބިޒިނަސް ޕްލޭނެއް ތައްޔާރުކުރުމަށާއި، މި މަޝްރޫޢަށް ބޭނުންވާ ކޮންސަލްޓެންސީ ދޭނޭ ފަރާތެއް ބޭނުން ވެއްޖެއެވެ. މިއީ މި ފަދަ ކަމެއްގެ ޤާބިލުކަންހުރި އަމިއްލަ ފަރުދުންނަށާއި، އަދި ވިޔަފާރީގެ އުޞޫލުން މި ބާވަތުގެ ޚިދްމަތްދޭ ވިޔަފާރި ކުންފުނިތަކަށް ވެސް ހުޅުވާފައިވާ ފުރުޞަތެކެވެ.

 

ވީމާ، މި މަސައްކަތް ކޮށްދޭން އެދޭ، އަދި މި މަސައްކަތް ކުރުމުގެ ފުރިހަމަ ޤާބިލުކަންހުރި ފަރާތްތަކުން އެ ފަރާތެއްގެ ވަނަވަރާއެކު [މަސައްކަތް ކުރުމުގެޝައުޤުވެރިކަން ފާޅުކުމުގެ ސިޓީ] 18 މާރޗް 2020 ވާ ބުދަ ދުވަހުގެ މެންދުރު 01:00 ގެ ކުރިން ގއ. އަތޮޅުކައުންސިލްގެ އިދާރާގެ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. (މެއިލް ފޮނުއްވުމަށްފަހު 6820028 އަށް ނުވަތަ 7772533 އަށް ގުޅުއްވައި މެއިލް ލިބުނުކަމުގެ ޔަޤީންކަން ހޯއްދަވަން ވާނެ އެވެ.) މި ސިޓީއާއެކު ފޮނުއްވާނީ ޝައުޤުވެރިކަމުގެ ސިޓީއާ ވަނަވަރު އެކަންޏެވެ. ވަނަވަރުގައި ބަޔާންކުރާ ލިޔުންތަކުގެ ކޮޕީއާއި ހެކިތަކުގެ އިތުރު ތަފްޞީލް ފޮނުއްވާނީ ބީލަން ހުށަހަޅުއްވާ މަރްޙަލާގައި އެ ލިޔުންތަކާ އެކުގަ އެވެ. 

 

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލާނީ، މި އިޢުލާނާ ގުޅިގެން މި ކަމުގެ ޝައުޤުވެރިކަން ފާޅުކޮށް ސިޓީ ފޮނުވާ ފަރާތްތަކުގެ ވަނަވަރު ދިރާސާ ކުރުމަށްފަހު މަސައްކަތް ކުރުމުގެ އެކަށީގެންވާ ޤާބިލުކަން ހުރިކަން ލިޔެކިޔުމުން ސާބިތުކޮށްދީފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

14  ރަޖަބް  1441

            09 މާރޗް  2020 

09 މާރިޗު 2020
ހޯދާ