މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ތިލަފުށި ވެސެލް ރިޕެއަރ ޔާޑުގައި އެހެލާފައިވާ 16 ނަންބަރު ހެޗް ބާޖު (ރެޖިސްޓްރީ ނަމްބަރު:C3143A-30-10-T) ވިއްކާލުމާއި ގުޅޭ

  މިކުންފުނީގެ ތިލަފުށި ވެސެލް ރިޕެއަރ ޔާޑުގައި އެހެލާފައިވާ 16 ނަންބަރު ހެޗް ބާޖު (ރެޖިސްޓްރީ ނަމްބަރު:C3143A-30-10-T) ވިއްކާލަން ބޭނުންވެއެވެ. ވީމާ، މި ބާޖު ގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބާޖު ބެއްލެވުމަށްފަހު، 12 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއެއްވުން އެދެމެވެ.   

މުދާ (ބާޖު) ބެލުން:

09 މާރިޗް 2020 ވަނަދުވަހުގެ 14:00 ގައި/ ތިފުށީ ވެސެލް ރިޕެއަރ ޔާޑުގައި.

 އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތާއި ހުށައަޅަން ޖެހޭ ލިޔުން:

  • ބާޖު ގަންނަ ފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ގުޅޭނެ ނަންބަރު / އީމެއިލް އެޑްރެސް
  • ހުށައަޅަން ޖެހޭ ލިޔުންތައް: އަމިއްލަފަރާތެއް ނަމަ އައިޑީކާޑް ކޮޕީ އަދި ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރޭޝަންގެ ކޮޕީ

 ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރާނެ މިންގަޑު:

ޕޮއިންޓް ދިނުން: އަގަށް – 100 މާރކްސް

 ބިޑް ހުޅުވުން:

އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 12 މާރިޗް ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް ހެޑްއޮފީހުގައި، މިތަކެތި ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް އަގުހުށައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 ނޯޓް:

  • މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:

       ފޯނުނަންބަރ:3039255 އެވެ. އީމެއިލް ކުރައްވާނީ: [email protected]  

04 މާރިޗު 2020
ހޯދާ