މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ސިފައިންެގެ ވަޒީފާގެ ފުރުޞަތު

 


ސިފައިންގެ ވަޒީފާގެ ފުރުޞަތު

ފެންވަރު ނުވަތަ ޝަރުތު:

 

  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން.
  • އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  • ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  • ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން.
  • އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި،  އަންހެން: 5 ފޫޓް 3 އިންޗި).
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން.
  • ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައި ބަޔާން ކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ.
  • މިއިޢުލާނުގެ ބޭނުމަށް އުމުރުފުރާ ބަލާ ތާރީޚަކީ 25 މާރިޗު 2020 އެވެ.

ފޯމްދޫކުރުމާއި ބަލައިގަތުން:

  • ސިފައިންގެ ވަޒީފާއަށް އެދޭފޯމް ރަސްމީގަޑީގައި މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ވަޒީފާ އަށް އެދޭ ފޯމް ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިދަންނަވާ އޭރިއާތަކުން، 2020 މާރިޗު 1 ވަނަ ދުވަހުން ފެށިގެން 2020 މާރިޗު 22 ވަނަ ދުވަހުގެ 14:00 އަށް.

ނޮދަން އޭރިއާއިން

  • އެމް.އެން.ޑީ.އެފް ހދ. ކުޅުދުއްފުށި ޕޯސްޓް
  • ޅ. ނައިފަރު ފަޔަރ ސްޓޭޝަން
  • ށ. ފުނަދޫ ކައުންސިލްގެ އިދާރާ

ސެންޓްރަލް އޭރިއާއިން

  • ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް (ލ. ކައްދޫ)
  • އެމް.އެން.ޑީ.އެފް ދ. ކުޑަހުވަދޫ ޕޯސްޓް
  • ތ. އަތޮޅު ކައުންސިލްގެ އިދާރާ
  • ފ. އަތޮޅު ކައުންސިލްގެ އިދާރާ
  • އެމް.އެން.ޑީ.އެފް  މުލީ ޕޯސްޓް (މ. މުލި)

މާލެ އޭރިއާއިން

  • މިނިސްޓްރީ އޮފް ޑިފެންސް

ސަދަން އޭރިއާއިން

  • އެމް.އެން.ޑީ.އެފް ޏ. ފުވައްމުލަކު ޕޯސްޓް
  • ސ. ހިތަދޫ ފަޔަރ ސްޓޭޝަން
  • ގދ. ތިނަދޫ ފަޔަރ ސްޓޭޝަން
  • ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާނީ، އެމީހަކު އިންޓަރވިއުއަށް ހާޒިރުވުމަށް ބޭނުންވާ އޭރިއާއެއްގެ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކަށެވެ. އަދި އޭރިއާތަކުގައި އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމްގައި ބަޔާންކުރެވިފައިވާނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާއިރު ޕޮލިސް ރިޕޯޓް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • 3322607 އެކްސްޓެންޝަން: 3153، 3440 އިން އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

                                  07 ރަޖަބު 1441

 

02 މާރިޗު 2020
ހޯދާ