މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނ. މަނަދޫ ހޮސްޕިޓަލުގެ އޯ.ޕީ.ޑީ އެކްސްޓެންޝަން އިމާރާތް ހަދާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

 ނ. މަނަދޫ  ހޮސްޕިޓަލުގެ އޯ.ޕީ.ޑީ އެކްސްޓެންޝަން އިމާރާތް ހަދާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 01 މާރިޗު  2020  ވާ އާދިއްތަ  ދުވަހުން ފެށިގެން 05 މާރިޗު 2020  ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 08 މާރިޗު 2020 ވާ އާދިއްތަ ދުވަހު ހެނދުނުު 10:30 ށް ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12  މާރިޗު 2020 ށް ވާ ބުރާސްފަތި ދުވަހުގެ ހެނދުނު  10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 08 މާރިޗު  2020 ވާ އާދިއްތަ ދުވަހު ހެނދުނުު 09:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

03 ރަޖަބު 1441

13 ފެބުރުވަރީ 2020
ހޯދާ