މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ

އިޢުލާން

މިމިނިސްޓްރީ އޮފް ހެލްތުގެ ނަންބަރު: (IUL)23-ES/23/2020/31 އިއުލާނުގައިވާ މިމިނިސްޓްރުގެ ޕަބްލިކް ހެލްތް ޕްރޮގްރާމް

އޮފިސަރ މަގާމު  ބާތިލްކޮށް އަލުން އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމު

ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު

J-322233

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އިންޓަރނޭޝަނަލް ބޯޑަރ ހެލްތު ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، ހުޅުމާލެ ޕޯޓް، ހުޅުލެ ޕޯޓް، ތިލަފުށި ޕޯޓް، މާލެ ޕޯޓް، އަދި އަތޮޅު ތެރޭގައި ގާއިމު ކުރެވިފައިވާ ޕޯޓްތައް

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސްޕެޝަލް ޑިއުޓީ އެލަވެންސް ގެ ގޮތުގައި މުސާރައިގެ %35
  4. ރިސްކް އެލަވެންސް ގެ ގޮތުގައި މަސައްކަތައް ނިކުންނަ ކޮންމެ ދުވަހަކު -/100
  5. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު 7/2012 ގައި ބުނާ މަސައްކަތްތަކުގެ ތެރެއިން ބައިނަލް އަޤުވާމީ ކަނޑާވައިގެ ބަނދަރުތަކުގައި ކުރަންޖެހޭ މަސައްކަތް ފުރިހަމަ ކުރުން (މާލެ/ ހުޅުލެ / ތިލަފުށި).
  2. ބަނދަރުތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އާންމު ގަވައިދާއި އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް (2005)ގައި ބުނާ މަސައްކަތްތަކާގުޅޭގޮތުން ބައިނަލް އަޤްވާމީ ކަނޑާވައިގެ ބަނދަރުތަކުގައި ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކޮށް ގަވައިދު ތަންފީޒުކުރުން.
  3. ދިވެހިރާއްޖެ އަންނަ ފަސިންޖަރުންނާއި ކުރޫންގެ ތެރެއިން ޔެލޯފީވާރ އުޅޭ ގައުމުތަކުން އަންނަ ފަރާތްތަކުގެ އަތުގައި ސައްހަ އިންޓަރނޭޝަނަލް ސެޓްފިކެޓް އޮފް ވެކްސިނޭޝަން އޮތްތޯ ބަލާ ކަށަވަރުކޮށް، ނެތްނަމަ އެފަރާތްތަކާ މެދު އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުން އަމަލުކުރުން.
  4. ބައިނަލް އަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ ކަނޑާއި ވައިގެ އުޅަނދުފަހަރާއި، އެއިން ދަތުރުކުރާ މީހުންނާއި، އުފުލާ މުދަލާއި، ބަނދަރުތަކުގެ ސާފުތާހިރުކަމާއި، ބަލި ފެތުރުން ހުށްޓުވުމަށާއި އާންމު ޞިއްޙަތައް ގެއްލުން ވެދާނެކަންކަމުން ރައްޔިތުން ރައްކާތެރިކުރުމަށް ކުރަންޖެހޭ އިންސްޕެކްޝަންތައް ގަވައިދުން ފުރިހަމަކުރުން.
  5. ރާއްޖެއިން ބޭރުން އަތުވެދާނެ ޞިއްޙީ ނުރައްކަލަކުން ރައްކައުތެރިވުމަށް، އިންޓަރނޭޝަނަލް ބޯޑަރ ހެލްތުގެ އޮފިސަރުން އަމަލުކުރަން ކަނޑައަޅާފައިވާ މަސައްކަތްތައް ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތައް ފުރިހަމަކޮށް ކުރުމުގައި އަމިއްލައަށް އިސްނަގައިގެން ފުރިހަމަކުރުމާއެކު އެމައްސަކަތްތައް މުވައްޒަފުން މެދުވެރިކޮށް ފުރިހަމަކުރުން.
  6. ކަނޑުމަގުން ރާއްޖެ އެތެރެވުމަށް އަންނަ އުޅަނދުފަހަރުން ހުށަހަޅާ ލިޔެކިޔުންތަކަށް ބެލުމަށްފަހު މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް އުޅަނދަށް އަރައިގެން ބާލާ ފާސްކުރަންޖެހޭ އުޅަނދުފަހަރު ޗެކުކުރުމަށްޓަކައި އުޅަނދު އޮންނަ ތަނަކަށް ގޮސް އުޅަނދަށް އެރުން، އަދި އެހެން ބަނދަރަކަށް ދާންޖެހޭނަމަ އެތަނަކަށް ދަތުރުކޮށް ހެލްތު ކްލިއަރަންސް ދިނުމާމެދު ވަކިގޮތެއް ނިންމުން.
  7. ޔުނިޓް ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ވިލަރެސް ކުރުމާއި، ދުވަހު މަސައްކަތް ޔައުމިއްޔާ ކުރުމާއި، ސަވައިލަންސް އަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއެކު ދުވަހު ރިޕޯރޓްތައްޔާރުކޮށް، ހަފްތާރިޕޯރޓާއި މަހު ރިޕޯރޓް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުވުން.
  8. މަސައްކަތްކުރުމަށް ކަނޑައަޅާ ޔުނިޓްގެ އިސް ސުޕަވައިޒަރު ނުވަތަ ދެވަނައަށް އިސް މުވައްޒަފުގެގޮތުގައި އެޗް.ޕީ.އޭއިން ކަނޑައަޅައިފިނަމަ ޔުނިޓްގެ ފަންނީ މަސައްކަތްތައްކުރުމާއި، އެތެރޭގައި އަމަލުކުރާ އުސޫލުކަނޑައަޅައި މުވައްޒަފުންނާގުޅޭ އިދާރީ މަސައްކަތްތައް ސުޕަވައިޒުކޮށް، މުވައްޒަފުންނާ ގުޅޭ ކަންކަމުގެ ރިކޯޑްތަކާއި، މަސައްކަތުގެ ރިކޯޑް ދުވަހުން ދުވަހަށް ބަލަހަށްޓައި، ސެކްޝަން ހެޑުގެ ލަފަޔާއި އިރުޝާދުގެ ދަށުން މަސައްކަތްތައް ފުރިހަމަކުރުން.
  9. މަސައްކަތާ ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކާއި ފަރިތަކުރުންތަކަށް ހާޒިރުވެ ޔުނިޓް ތަމްސީލުކުރުން.
  10. މާލެ ސަރަހައްދުގެ ޔުނިޓްތަކުގެ މެދުގައި 06 މަހުން 06 މަހުން ޔުނިޓް ބަދަލުވާގޮތަށް ޔުނިޓްތަކުގެ މެދުގައި ދައުރުކުރުމާއެކު ޔުނިޓްތަކުގައި ދަންފަޅި އުސޫލުން ޔުނިފޯރމުގައި މަސައްކަތްކުރުން.
  11. ސެކްޝަނުގެ ފަރާތުން ހަވާލުކުރާ އެހެނިހެން ޓާރގެޓްތައް ފުރިހަމަކުރުން.

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް

ކޮމިއުނިޓީ ހެލްތް،  ޕްރައިމަރީ ހެލްތުކެއަރ ،ޕަބްލިކް ހެލްތު

ގުޅޭ ވަޒީފާގެ ދާއިރާތައް

ހެލްތު ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ:

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ ،އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މައްސޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 މާރިޗް 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]    މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހަޅާނަމަ، ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އޮންނާނީ، 2020 ވަނަ އަހަރުގެ މާރިޗު މަހުގެތެރޭގައި މިނިސްޓްރީ އޮފް ހެލްތު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014344 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާއެވެ.

 

27 ފެބުރުވަރީ 2020
ހޯދާ