އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުން

އިޢުލާން

އައްޑޫސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ހިތަދޫ އަވަށުގައި ގާއިމުކޮށްފައިވާ "ސިޓީ ބާޒާރު" ގެ ފިހާރަތަކުގެ ތެރެއިން ހުސްވެފައިވާ 03 ފިހާރަ ކުއްޔަށް ދޫކުރުމަށް އިޢުލާންކުރަމެވެ. ކުއްޔަށް ދޫކުރާ ފިހާރަތަކަކީ، 3 ނަމްބަރ ފިހާރަ، 5 ނަމްބަރ ފިހާރަ، އަދި 8 ނަމްބަރ ފިހާރަ އެވެ.

އެކި ބާވަތުގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުއްޔަށްދިނުމަށް ނިންމާފައިވާ މި ފިހާރަތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީ ބާޒާރުގެ ފިހާރަތައް ކުއްޔަށް ހޯދުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ސެޓް ގަންނަން ލިބޭނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ފޯމު ސެޓެއްގެ އަގަކީ،  150/- ރުފިޔާ އެވެ.  ފޯމާއި ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2020 މާރިޗް 12 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފާރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.  

02 ރަޖަބް    1441

26 ފެބުރުވަރީ 2020
ހޯދާ