މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ ކުންފުނި އަހަރީ ފީ ދެއްކުމާބެހޭ

އިޢްލާން 

ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުންވެސް، މި ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) އާއި މިޤާނޫނުގެ ތާވަލް 2 ވަނަ ނަންބަރުގައި ބަޔާންކުރާ އަހަރީ ފީ، ކޮންމެ އަހަރެއްގެ މާރޗް މަސް ނިމުމުގެ ކުރިން ދައްކަންވާނެކަމަށް ބަޔާންކުރެއެވެ. މިގޮތުން، ޕްރައިވެޓް ކުންފުންޏެއްނަމަ އަހަރީ ފީ އަކީ -/2،000 ރުފިޔާ ކަމަށާއި ޕަބްލިކް ކުންފުންޏެއްނަމަ އަހަރީ ފީ އަކީ -/10،000 ރުފިޔާ ކަމަށް އިސްވެދެންނެވުނު މާއްދާގައި ބަޔާންކުރެއެވެ. އަދި މާރޗް މަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކައިފިނަމަ، އޭޕްރިލް މަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ -/1،000 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށާއި، އޭޕްރިލް މަހުގެ ނިޔަލަސް ފީ ނުދައްކައިފިނަމަ، މެއި މަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ -/2،500 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށް ބަޔާންކުރެއެވެ. 

ވީމާ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަހަރީ ފީ ދެއްކުމަށް ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން މިވާހަކަ އާންމުކޮށް އިޢްލާންކުރީމެވެ. 

އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ކުންފުނިތަކުގެ އަހަރީ ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. 

އެ އަހަރެއްގެ މެއި މަސް ނިމުމުގެ ކުރިން އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތައް، ގަވާއިދު ނަންބަރު R-1034/2019 (ކުންފުނި އުވައިލުމަށް ރެޖިސްޓްރަރ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 2 ވަނަ މާއްދާގެ (1) ގެ ދަށުން އުވާލުމަށް ކަނޑައެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި އެންގީމެވެ.  

25 ފެބުރުވަރީ 2020
ހޯދާ