މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުން

މިސްކޫލުގެ ބޭނުމަށް ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އުސޫލުން ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ދިނުމުގެ ބައްދަލުވުން

4 މާރިޗު 2020ވާ ބުދަ ދުވަހު 10:00  (މުކުރިމަގު ސްކޫލްގައި) 

އެސްޓިމޭޓް ބަލައިގަތުން

8 މާރިޗް 2020ވާ އާދީއްތަ ދުވަހު 10:00 (މުކުރިމަގު ސްކޫލްގައި)

 

މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތުސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށަހަޅަންވާނެއެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު

ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

24 ފެބުރުވަރީ 2020
ހޯދާ