މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކުގެ ނަމުގައި އެކި ފަރާތްތަކުން އެކި ބާވަތުގެ އެހީ ހޯދާކަމުގެ މަޢުލޫމާތު މި މިނިސްޓްރީއަށް ވަނީ ލިބިފައެވެ.

މި ފަދަ ޢަމަލުތަކަށް އެންމެހައި ފަރާތްތަކުން ސަމާލުވެލައްވައި، ފޯނު ކޯލާއި އެސްއެމްއެސްއާއި އީމެއިލް އަދި މި ނޫން ވެސް ޒަރިއާތައް މެދުވެރިކޮށް މި މިނިސްޓްރީގެ ނަމުގައި  އެއްވެސް ފަރާތަކުން މި ފަދަ ހަރަކާތެއް ހިންގާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފި ނަމަ، ލަސްނުކުރައްވައި މިނިސްޓްރީގެ ނަންބަރު 3013017 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ  ހޮޓްލައިން ނަންބަރު 3322111 އާ ގުޅުއްވައި ޙިއްޞާކުރެއްވުން އެދެމެވެ. އަދި މިނިސްޓްރީން އެހީގެ ކަންކަން ކުރިއަށް ގެންދާއިރު ރަސްމީ ލިޔެކިއުން ބަދަލުކުރެވޭނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވެލައްވާ ނަމަ، މި މިނިސްޓްރީއާ ގުޅިގެން އެ ފަދަ ހަރަކާތްތައް ކުރިއަށް ގެންދެވުމަށް އިލްތިމާސްކުރަމެވެ. އެ ގޮތުން މިނިސްޓްރީގެ ނަންބަރާ ގުޅުއްވައިގެން ނުވަތަ މިނިސްޓްރީގެ "ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށާއި މަރުކަޒުތަކަށް ހަދިޔާ ދިނުމަށް އެދި ހުށަހަޅާ ފޯމު" އާއި "ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށާއި މަރުކަޒުތަކަށް ހަދިޔާ ދިނުމަށް އެދި ހުށަހަޅާ ފޯމު" ން އެހީގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.

މި ފުރުޞަތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކަށް އެކި ފަރާތްތަކުން ވެދެއްވާ ދީލަތި އެހީތައް ފާހަގަކޮށް، ޝުކުރު ދަންނަވަމެވެ.

30 ޖުމާދަލްއާޚިރާ 1441

24  ފެބުރުވަރީ  2020

24 ފެބުރުވަރީ 2020
ހޯދާ