ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެސެންޖަރ

މިކުންފުނީގެމިދަންނަވާމަޤާމަށްމުވައްޒަފުންބޭނުންވެއްޖެއެވެ.

 މަޤާމް

 މެސެންޖަރ

 ބޭނުންވާ ޢަދަދު

 01

 މަސައްކަތް ކުރަންޖެހޭތަން

 އެސްޓީއޯ ހެޑް އޮފީސް / ހިއުމަން ރިސޯސެސް އެންޑް އެޑްމިނިސްޓްރޭޝަން

 މުސާރައާއި އިނާއަތްތައް

 މަހަކު -/7000 ރުފިޔާއާއި -/8000 ރުފިޔާ ދެމެދު

 އެހެނިހެން އިނާޔަތްތައް

  • އިތުރުގަޑީގައި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

 މަޤާމުގެ މަސްއޫލިއްޔަތު

  • އެސްޓީއޯ ހެޑް އޮފީހުގެ ޑިޕާޓްމަންޓްތަކާއި ސަރުކާރު އިދާރާތަކާއި އަދި އެހެނިހެން ފަރާތްތަކަށް ލިޔެކިޔުންތައް ފޮނުވުން
  • ރަސްމީ ލިޔެކިޔުން ގެނައުން
  • އެސްޓީއޯގެ ޑިޕާޓްމަންޓްތަކަށް ބޭނުންވާ ތަކެތި ހޯދާދިނުމުގައި އެހީތެރިވުން

 ފެންވަރު ނުވަތަ ޝަރުތު

  • ޢުމުރުން 18 އަހަރާއި 40 އަހަރު ދެމެދުގެ މީހަކު ކަމުގައިވުން.
  • މަޤާމްގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.
  • ސައިކަލް ދުއްވުމުގެ ލައިސަންސް އޮތުން

 އެހެނިހެން ހުނަރު

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން
  • ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން

 ސުންގަޑި

  • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2020 މާރިޗް 02 ވާ ހޯމ ދުވަހުގެ 12:30ގެ ކުރިން މިކުންފުނީގެ ވެބްސައިޓު  https://sto.mvމެދުވެރިކޮށް އޮންލައިންކޮށް ވަޒީފާއަށް ހުށަހެޅުއްވުން އެދެމެވެ.

 ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު 3344245

24 ފެބްރުއަރީ 2020

24 ފެބުރުވަރީ 2020
ހޯދާ