ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ އެޓާރނީ

މަޤާމު:

ސީނިއަރ އެޓާރނީ

ރޭންކު:

CSC5-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ޑިވިޜަން/ސެކްޝަން:

އެމްޕްލޯއީ ރިލޭޝަންސް (ލިޓިގޭޝަން އެންޑް ރެގިއުލޭޝަންސް)

ޑިވިޜަނުގެ މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ރާވާ ހިންގުމާއި މައްސަލަތައް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލައި ނިންމުން

މުސާރަ:

މަހަކު -/12460 ރުފިޔާ

ސަރވިސް އެލަވަންސް:

ހާޟިރުވާ ދުވަހަކަށް -/150 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 4361.00 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

ޤާނޫނީ ރޮގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ،

ޤާނޫނީ ރޮގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު 2 އަހަރު ދުވަހުގެ މަސައްކަތާ ގުޅޭ އަމަލީ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. އެމްޕްލޯއީ ރިލޭޝަން ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގުމުގައި އިސްދައުރެއް އަދާކުރުމާއި، އެކަމުގައި ސެކްޝަންގެ ވެރިޔާއަށް އެހީތެރިވުން.

2. ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި ތަޙުޤީޤު ކުރަންޖެހޭ މައްސަލަތައް ތަޙުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެހެން މުވައްޒަފުން ލައްވާ އެކަންތައްތައް ކުރުވުމުގައި ސެކްޝަންގެ ވެރިޔާއަށް އެހީތެރިވުން.

3. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޤާނޫނީ ލަފާ ބޭނުންވާ ކަންކަމުގައި ޤާނޫނީ ލަފާދިނުމާއި، ގުޅިގެން ޓީމެއްގެ ގޮތުގައި ޤާނޫނީ ލަފާދޭންޖެހޭ ކަންކަމުގައި އިސްދައުރެއް އަދާކުރުން.

4. ކޮމިޝަނުން ދަޢުވާކުރާ އަދި ކޮމިޝަނަށް ދަޢުވާ ރައްދުވާ މައްސަލަތަކުގައި ޝަރުޢީ ކޯޓުތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ކޮމިޝަން ތަމްސީލުކުރުމާއި، އެ ކަންތައްތައް ރޭވުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވެދިނުން.

5. ކޮމިޝަނަށް ރައްދުވާ ގޮތަށް ޝަރުޢީ ކޯޓުތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެކަންތައްތައް ރޭވުމުގައި ސެކްޝަންގެ ވެރިޔާއަށް އެހީތެރިވުން.

6. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގައި ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައިނުވާ މައްސަލަތަކާއި، ސީދާ ކޮމިޝަނަށް ހުށަހަޅައިގެން ނިންމަންޖެހޭ އެންމެހައި މައްސަލަތަކުގައި އެކަންކަން ދިރާސާކޮށް ކޮމިޝަނަށް ހުށަހަޅައިގެން ގޮތްތަކެއް ނިންމުން.

7. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެފަދަ ދިރާސާތަކުގެ އަލީގައި އެކުލަވާލަންޖެހޭ ޑްރާފްޓްތައް އެކުލަވާލުމާއި، އެ އިޞްލާހުތައް ކޮމިޝަނަށް ހުށަހަޅައި އެކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރުން.

8. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި، އަދި އެނޫންވެސް ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ކޮމިޝަނުގެ މަޤްޞަދު ހާސިލްކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.

9. އެމްޕްލޯއީ ރިލޭޝަން ސެކްޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ހަލުވި ކުރެވިދާނެ ގޮތްތައް ދެނެގަނެ، އެކަން ކަމުގެ ލަފާދިނުމާއި، އެ ކަންކަން ތަންޒީފު ކުރުމުގައި ސެކްޝަންގެ ވެރިޔާއަށް އެހީތެރިވުން.

10. ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ޙާލަތުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި ޙަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2020 މާރިޗު 03 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040) އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސް ކޮމިޝަނު"ގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: 30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިންސައްތަ: 55)
    • އެޕްޓިޓުއުޑް ޓެސްޓް - (ކަނޑައެޅިފައިވާ އިންސައްތަ: 10)
    • ޕްރެކްޓިކަލްސް - (ކަނޑައެޅިފައިވާ އިންސައްތަ: 10)
    • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - (ކަނޑައެޅިފައިވާ އިންސައްތަ: 30)

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2020 މާރިޗު 04 ން 2020 މާރިޗު 24 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، މާލެ 20040) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލު އާއްމުކުރުން އަދި ޝަކުވާ ހުށަހެޅުން

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ތަފްޞީލު ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކުރެވޭނެއެވެ. އަދި މިކަމާ ގުޅިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، މަޢުލޫމާތު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307356 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

24 ފެބުރުވަރީ 2020
ހޯދާ