އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ރަމަޟާންމަހު އައްޑޫސިޓީގެ މިސްކިތް ތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދުން

އިޢުލާން

       1441 ވަނަ އަހަރުގެ ރަމަޟާންމަހު އައްޑޫސިޓީގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދަން ބޭނުންވެއެވެ.

       ވީމާ، މިކަމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމު "ދިވެހި ޙާފިޡުން ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް (1441)" ފުރިހަމަކުރައްވާ 2020 މާރިޗް 05 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ އަވަށެއްގެ އަވަށު އޮފީހަށް ފޯމު ހުށަހެޅުއްވުމަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. "ދިވެހި ޙާފިޡުން ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް (1441)" އައްޑޫސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އަވަށު އޮފީސް ތަކުން ރަސްމީގަޑީގައި ލިބެންހުންނާނެއެވެ. އަދި އައްޑޫސިޓީ ކައުންސިލް އިދާރާގެ ވެބްސައިޓް އިން www.adducity.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

26 ޖުމާދަލްއާޚިރާ 1441 

20 ފެބުރުވަރީ 2020
ހޯދާ