މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ލޮޖިސްޓިކަލް އޮޕަރޭޝަން ޑިޕާޓްމަންޓް /ރެންޓަލްސް ޢިމާރާތުގައި ގައިި ކުރަމުން ގެންދިޔަ މަސައްކަތްތައް ހ.ސޯމިލް ގެ އެއްވަނަ ފަންގިލާއަށް ބަދަލުކުރުން

އެމް.ޓީ.ސީ.ސީ ލޮޖިސްޓިކަލް އޮޕަރޭޝަން ޑިޕާރޓްމަންޓް /ރެންޓަލްސް ޢިމާރާތް ( ރެންޓަލްސް ޕްލާޒާ )  ގައި ކުރަމުން ގެންދިޔަ އެންމެހައި މަސައްކަތްތައް 10 މެއި 2013 ވަނަ ދުވަހުން ފެށިގެން ހ.ސޯމިލް ގެ އެއްވަނަ ފަންގިފިލާގައި ކުރިޔަށް ގެންދާ ގޮތަށް ހަމަޖައްސާފައިވާތީ  އެންމެހާ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ އަންގައި އިޢުލާން ކުރީމެވެ.  އަދި ކުރިއެކޭ އެއްގޮތަށް ނީލަން "ދުވަހު ނީލަން" ކިއުމަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ކޮންމެ ހަފުތާއެއްގެ އަންގާރަދުވަހުގެ 10:00 ގައި ހ.ސޯމިލް ގެ ފުރަތަމަ ފަންގިފިލާގައި ނީލަން ކިޔުމުގެ މަސައްކަތް ކުރިޔަށް ދާނެ ވާހަކަވެސް އަންގައި އިޢުލާން ކުރީމެވެ. އަދި މިކަމުގައި ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ.

ނޯޓު:    3001484 / 3001476 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                                26 ޖުމާދަލްއާޚިރާ 1434

06 މޭ 2013
ހޯދާ