ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް މުދައްރިސަކު ހޯދުމަށް ( މަޝްޤުކޮށް ކިޔަވައި ދިނުމަށް)

އިޢުލާން

 

       މި މަރުކަޒުން ސަނަދު ޙާޞިލްކުރާ ފަރާތްތަކަށާއި، ޤުރްއާން  މުދައްރިސުންނަށާއި، ރާއްޖޭން ބޭރުގައި އޮންނަ ބައިނަލް އަޤްވާމީ މުބާރާތްތަކަށް ދާ ފަރާތްތަކަށް ކީރިތި ޤުރްއާން ދިގުރާގަށް އަދި ޤިރާއަތްތަކަށް ކިޔަވާދިނުމާއި، އިޖާޒާ ކުލާހުގައި ކިޔަވަދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަޤާމް:

ރިސޯސް މުދައްރިސް ( މަޝްޤުކޮށް ކިޔަވައި ދިނުމަށް)

ބޭނުންވާ އަދަދު:

1 ( އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު:

ވަގުތީ ( 2 އަހަރު )

ވަގުތު:

ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އެއްބަސްވެވޭގޮތަށް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު

މުސާރަ:

-      ޙާފިޡްކަމުގެ ސަނަދާއެކު، އިޖާޒާ ސަނަދު ޙާޞިލްކޮއްފައިވާނަމަ 60 މިނިޓްގެ ޕީރިއަޑަކަށް -/150 ރުފިޔާ.

-      ޙާފިޡްކަމުގެ ސަނަދާއެކު އިޖާޒާ ސަނަދުއޮތުމާއި، އަދި ގުޅުންހުރި ދާއިރާއަކުން އިތުރު ސަނަދެއް ޙާޞިލްކޮއްފައިވާނަމަ 60 މިނިޓްގެ ޕީރިއަޑަކަށް -/350 ރުފިޔާ.

 

ގުޅުންހުރި ދާއިރާތައް: ކީރިތި ޤުރުއާން، ހަދީޘް، ޝަރީޢާ، ޝަރީޢަތާއި ޤާނޫނު، އަދި ޤިރާއާތު.

މަޤާމުގެ ޝަރުޠުތައް:

-              އިޖާޒާތު އަލްޤިރާއަތު ބިއްސަނަދު ( ތަޖުވިދުމަގުން، ޤިރާއަތްތަކަށް ކިޔަވާދިނުން) އޮތުން.

-              ޙާފިޡުކަމުގެ ސަނަދު އޮތުމާއެކު އިޖާޒާ ސަނަދު އޮތުން.

-             ކިޔަވާދިނުމުގެ ދާއިރާގައި ތަޖުރިބާ ހުރުމާއި،ޤިރާއަތްތަކަށް ކިޔަވާދިނުމުގެ ހުނަރާއި ޤާބިލިއްޔަތު ހުރިކަން ސާބިތުކޮށްދިނުން.

ނޯޓް: މި މަގާމަށް މީހަކު ހޮވުމުގައި،ޢަރަބިބަސް ދަންނަ ފަރާތަކަށް އިސްކަން ދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދިލައްވާ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ގުޅޭ ދާއިރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 މާރިޗު 2020 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،02 މާރިޗު 2020 ވާ  ހޯމަ ދުވަހާއި 01 އެޕްރީލް 2020 ވާ ބުދަ ދުވަހާއި ދެމެދު، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރްކަޒުގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު:

 

މިމަޤާމަށް މީހުން ހޮވުމުގައި ބަލާނީ ތަޢުލީމީ ސެޓްފިކެޓަށާއި ތަޖުރިބާއަށް އަދި އިންޓަވިއުއިން އެންމެމަތިން މާރކްސް ލިބޭ ފަރާތްތަކަށެވެ.

20 ފެބުރުވަރީ 2020
ހޯދާ