ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުމާއި ގުޅޭ

މިސްކިތްމަގު އަތިރި ގޯތި ހިމެނޭ ކޮށީގައި އޮތް ހުސްބިމަށް ގެނެވުނު ބަދަލަކާއި ގުޅިގެން އަތިރި ގޯތިތެރޭގައި ހުރި ފޯދިފައިވާ ބަނބުކެޔޮގަހުގެ ނީލަންކިޔުން 24 ފެބުރުވަރީ 2020 ވާ ހޯމަ ދުވަހު 9:00 ގައި އެ ބަނބުކެޔޮގަސް ކައިރީގައި އޮންނާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 ފެބުރުވަރީ 2020 ވާ ހޯމަ ދުވަހު 9:00 އަށް އަތިރި ގޯއްޗަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. ނީލަންނަންގަވާ ފަރާތްތަކުން 25 ފެބުރުވަރީ 2020 ގެ 12:00 ގެކުރިން ފުވައްމުލަކު ސިޓީކައުންސިލަށް ފައިސާ ދައްކަވައި 27 ފެބުރުވަރީ 2020 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތި އެތަނުން ނެންގެވުން އެދެމެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.

17 ފެބުރުވަރީ 2020
ހޯދާ