މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ޕާރކްގައި ހަދާފައިވާ ފަތުރުވެރިންނަށް ޚިދުމަތްދޭ ސެންޓަރުގެ ބޭނުން ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް ހޯދުން

   މަސްވެރިންގެ ޕާރކްގައި ތައްޔާރުކުރެވިފައިވާ ފަތުރުވެރިންނަށް ޚިދުމަތްދޭ ސެންޓަރުގެ ޚިދުމަތްތައް ބޭނުންވާ ޓުއަރ އޮޕަރޭޓަރުންނާއި، ރިސޯޓްތައް އަދި ޕެސެންޖަރ ކުރޫޒް ލައިނަރތައް މެނޭޖްކުރައްވާ ފަރާތްތަކުން، މިސެންޓަރުގެ ޚިދުމަތްތައް ބޭނުންކުރެއްވުމަށް ޝައުޤު ވެރިކަން ހުރިކަން މާލެ ސިޓީ ކައުންސިލަށް ލިޔުމުން އަންގަވައި ދެއްވުން އެދެމެވެ.  މިސެންޓަރުން ފަތުރުވެރިންނަށް ލިބެންހުރި ޚިދުމަތްތައް ތިރީގައި މިވަނީއެވެ.

  1. ރެސްޓް ރޫމް
  2. ގެސްޓް ލައުންޖު
  3. މައުލޫމާތު ސާފުކުރާ ކިއޮސްކް
  4. ވެއިޓިންގ އޭރިއާ ފަސްޓްފުލޯރ
  5. ވެއިޓިންގ އޭރިއާ (ގާޑަން)
  6. ފްރީ ވައިފައި
  7. އޭރިއާ ސެކިއުރިޓީ 

   މި ކަމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިކައުންސިލްގެ ނަންބަރު  3321684 އަށް ގުޅުއްވުން އެދެމެވެ.

                                                17 ޖުމާދަލްއާޚިރާ 1441

12 ފެބުރުވަރީ 2020
ހޯދާ