މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހުގެ އެސް.އޯ.އެސް އަދި ސަޕޯޓް ސަރވިސް މުވައްޒަފުންގެ ޔުނިފޯމް ފަހަދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން

އިޢުލާން

 

 

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހުގެ އެސް.އޯ.އެސް އަދި ސަޕޯޓް ސަރވިސް މުވައްޒަފުންގެ ޔުނިފޯމް ފަހަދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2020/01 (23 ޖަނަވަރީ 2020) އިޢުލާނަށް ހުށަހެޅި އަންދާސީހިސާބުތައް ނޯޓުކުރުމުގައި މައްސަލަތަކެއް ހުރުމުން، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިއޮފީހުގެ އެސް.އޯ.އެސް އަދި ސަޕޯޓް ސަރވިސް މުވައްޒަފުންގެ ޔުނިފޯމް ފަހައިދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 16 ފެބުރުވަރީ 2020 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 24 ފެބުރުވަރީ 2020 ވާ ހޯމަ ދުވަހުގެ 13:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

 

18 ރަބީޢުލްއާޚިރު 1441

12 ފެބުރުވަރީ   2020   

12 ފެބުރުވަރީ 2020
ހޯދާ