ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް މުދައްރިސުން ހޯދުމަށް ( މަރްކަޒުގެ ގޮފިތަކަށް )

އިޢުލާން

 

މަޤާމް:

ރިސޯސް މުދައްރިސް

ބޭނުންވާ އަދަދު:

 1( އެކެއް )

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު:

1 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް. (ހއ. ދިއްދޫ ގޮފި، ހއ. ހޯރަފުށި، ހއ. ކެލާ ގޮފި، ފ. ފީއަލި ގޮފި، ދ. .ކުޑަހުވަދޫ ގޮފި، ތ. މަޑިފުށި ގޮފި، ލ. ކަލައިދޫ ގޮފި، ލ. މާބައިދޫ ގޮފި، ގއ. ނިލަންދޫ ގޮފި، އދ. މަހިބަދޫ ގޮފި )

މުސާރަ:

އެމް. އެން. ކިޔު. އެފް ލެވެލް 3، 4، 5، ނުވަތަ 6 ގެ ސަނަދެއް ހާސިލްކުރައްވާފައިވާނަމަ ގަޑިއަކަށް -/150 ރުފިޔާ.

އެމް. އެން. ކިޔު. އެފް ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކުރައްވާފައިވާނަމަ ގަޑިއަކަށް      -/200 ރުފިޔާ.

އެމް. އެން. ކިޔު. އެފް ލެވެލް 9 ނުވަތަ 10 ގެ ސަނަދެއް ހާސިލްކުރައްވާފައިވާނަމަ ގަޑިއަކަށް    -/350 ރުފިޔާ.

މައިގަނޑު މަސައްކަތް:

މި މަރްކަޒުގެ ގޮފިތަކުގައި ލެވެލް ކްލާސްތަކަށް ކިޔަވައިދިނުން.

މަޤާމުގެ ޝަރުޠުތައް:

1. ކީރިތި ޤުރްއާނާގުޅޭ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،

  ކިޔަވައިދިނުމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ރިސޯސް) (މި ފޯމް އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

  1. (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
  2. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  3. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  5. (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 20 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހާއި 19 މާރިޗު 2020 ވާ ބުރާސްފަތި ދުވަހާއި ދެމެދު، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރްކަޒުގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3019319) އަށެވެ. އީ-މެއިލް ކުރާނީ      ([email protected]) އަށެވެ.

11 ފެބުރުވަރީ 2020
ހޯދާ