މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ
ދިވެހިރާއްޖެ
މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީކުރާ ކޯސްތަކާ ބެހޭ

އިންޑިޔާގެ އަންބިކާ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ސޮސިއިޓީން ހިންގާ ބައެއް ކޯސްތަކަކީ އަދި މިހާތަނަށް މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްއިން ބަލައިގެންފައިވާ ކޯސްތަކެއްނޫން ކަމުގައި ދަންނަވަމެވެ. ނަމަވެސް އެ އިންސްޓިޓިއުޓުން ބައެއް ދިވެހިން ކޯސް ފުރިހަމަކޮށްފައިވާތީ، އެ އިންސްޓިޓިއުޓްގެ ފެންވަރު ބެލުމުގެ މަސައްކަތް މިބޯޑުން ކުރަމުންދާކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ފަހަކަށްއައިސް ބައެއް ދިވެހިން ރާއްޖެއިން ބޭރުން ކިޔަވަން ގަސްތުކުރާ ކޯސްތަކަކީ މިބޯޑުން ބަލައިގެންފައިވާ ކޯސްތަކެއްތޯ ބެލުމެއްނެތި ކިޔަވަމުން ގެންދާކަންވަނީ ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން ޞިއްޙީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ކުރިން ބައިވެރިވާ ކޯހަކީ މިބޯޑުން ބަލައިގެންފައިވާ ކޯހެއްތޯ ބެލުމަށް ލިޔުމުން ހުށަހެޅުމަށް އިލްތިމާސްކުރަމެވެ.

30 ޖުމާދަލްއޫލާ 1435       

31 މާރިޗު 2014
ހޯދާ