ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލަށް ބޭނުންވާ ބައެއްތަކެތި ހޯދުމާއިބެހޭ

ފުވައްމުލަކު ސިޓީ ކައުންސިލަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)468-U01/468/2019/254 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ހޯދަން ބޭނުންވާ ތަކެތީގެ ތަފްޞީލް:

Brush cutter stroke engine

Specifications

  • Engine. Power output. 1.1 kW. Cylinder displacement. 33.6 см³ ...
  • Dimensions. Weight (excl. cutting equipment) 8.9 kg.
  • Equipment. OEM Grass blade. Multi 300-2. OEM Harness. Integrated.
  • Lubricant. Lubricant type.  2 stroke or equiv. at 50:1.
  • Sound and Noise. Sound pressure level at operator’s ear. 87 dB(A)
  • Quantity: 1

  GRASS CUTTING MACHINE

SPECIFICATIONS                                                                

Cutting Width

21 in.

Engine Displacement

190cc

Starting Method

Electric/Recoil

Choke Type

Automatic

Fuel Capacity

0.24 gal

Ground Speed

0 - 4 Mph

Drive Type

Belt

Steel Handles

1 in.

Discharge Chute

Rear

Handle Height Adjustments

3

Mowing Height Adjustments

7

Mowing Height Range

3/4 in. - 4 in.

Wheel Type

Ball Bearing

Wheel Size

9 in.

Capacity

2.5 Bushels

Product Weight

106s

Quantity

2

 

 މާކްސްދޭނެގޮތް.

އަގަށް       

75%

(އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް)

ޑެލިވަރީ މުއްދަތު  

-

ބިޑު ކާމިޔާބުވާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މުދާ ކައުންސިލަށް ސަޕްލައިކޮށްދޭން ވާނެއެވެ.

ތަޖުރިބާ       

 15%

(އެކި މުއައްސަސާތަކަށް މިފަދަތަކެތި އެންމެ ގިނައިން ސަޕްލައިކޮށްދީފައިވާ ފަރާތްތަކަށް އެންމެގިނަ ޕޮއިންޓްދޭގޮތަށް)

މާލީ ޤާބިލްކަން   

 10%

(އެކައުންޓް ސްޓޭޓްމެންޓަށް ބަލައިގެން)

 އަންދާސީ ހިސާބު ހުށަހަޅާ ފަރާތްކުން ސަމާލުކަންދޭންވީ ކަންތައްތައް.

-        އަންދާސީ ހިސާބު ހުށަހެޅޭނީ އިޢުލާނުގައި ހިމަނާފައިވާ ކޮންމެ އައިޓަމަކަށް ވަކިން އަގު އެގެން ހުންނަ ގޮތަށް އެއް އަންދާސީ ހިސާބެވެ.

-        އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތީގެ ފުރިހަމަ މަޢުލޫމާތު )ސްޕެސިފިކޭޝަން) އެގޭނެހެން ހުށަހަޅަންވާނެއެވެ.

-        އިޢުލާނުގައިވާ މުއްދަތަށް އައިޓަމްތައް ކައުންސިލަށް ސަޕްލައިކޮށްދޭން ވާނެއެވެ.

-        އިޢުލާނުގައިވާ މުއްދަތަށް އައިޓަމްތައް ކައުންސިލަށް ސަޕްލައިކޮށް ނުދެވިއްޖެނަމަ، ދެވިފައިވާ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ކޮންމެ ދުވަހަކަށް 0.25% (އެފަރާތުން ހުށަހަޅާ އަގުގެ) ކައުންސިލަށް ދައްކަންޖެހޭނެއެވެ.

-        އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ޖީ.އެސް.ޓީ އަށްވާ ޢަދަދު ވަކިން އެގޭނެހެން ހުށަހެޅުއްވުން.

-        އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި. 

-        ހުށަހަޅާ ފަރާތުގެ ޕްރޮފައިލް އަދި ސެޓްފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.

-        ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.

-        މާލީ ގާބިލްކަން އަންގައިދޭ ލިއުން: (ބޭންކް ކްރެޑިޓްސިޓީ ، ނުވަތަ ފާއިތުވި 03 މަހުގެ ބޭންކް ސްޓޭޓްމަންޓް، ނުވަތަ ވިޔަފާރީގެ އެންމެ ފަހުގެ އޮޑިޓް ރިޕޯރޓް)

-        ޓެކްސް ކްލިއަރެންސް ރިޕޯރޓް.

- ޕްރޮފައިލް: ޕްރޮފައިލްގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ. 

            (ހ) ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން:

            (ށ) ފުރިހަމަ އެޑްރެސް:

            (ނ) ފޯން ނަންބަރ:

            (ރ) އީމެއިލް އެޑްރެސް:

            (ބ) މެނޭޖަރުން ފެށިގެން މަތީ ފަރާތްތަކުގެ ނަމާއި މަޤާމު

            (ޅ) ރަޖިސްޓްރީ ނަންބަރ

            (ކ) ކުރަމުންދާ ވިޔަފާރީގެ ޚުލާސާ :

            (އ) ފަންނީގޮތުން ކުރިއަރާފައިވާ މިންވަރު:

            (ވ) ކުރަމުންދާ މައިގަނޑު މަސައްކަތާއި ، ދާއިރާއިން ލިބިފައިވާ ތަޖްރިބާ

            (މ) ކުރަމުންދާ ވިޔަފާރި ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ޖީއެސްޓީ ރަޖިސްޓްރީ ނަންބަރ

-        އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ އެލިއުމެއް ހުށަހަޅުއްވަން ވާނެއެވެ.

އަންދާސީހިސާބު ބަލައިގަތުން.

ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 18 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ އާއި ހުށަހަޅާފަރާތުގެ ނަން އަދި " ތަކެތި ވިއްކުމަށް އެދި " ލިޔެ ތިރީގައި މިވާ ގޮތަށް އެޑްރެސް ފުރިހަމަކޮށްފައެވެ.

 

" ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ"

ފުވައްމުލައް.

ދިވެހިރާއްޖެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

 ފޯން: 6862829،6862830، 6862828        

  އީމެއިލް: [email protected]  

09 ފެބުރުވަރީ 2020
ހޯދާ