ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
އިޢުލާން ބާޠިލު ކުރުމާބެހޭ

މި ޑިޕާޓްމަންޓުގެ ކިއުރޭޓަރގެ މަޤާމަށް މީހަކު ހަމަޖައްސަން ކުރި ނަމްބަރު:  (IUL) 222-AH/INDIV/2013/3 )10 ޖެނުއަރީ 2013) އިޢުލާނާއި އޮފީސް އެސިސްޓެންޓުގެ މަޤާމަށް މީހަކު ހަމަޖައްސަން ކުރި ނަމްބަރު: (IUL) 222-AH/INDIV/2013/4 (11 މާރޗް 2013) އިޢުލާނާ ގުޅޭގޮތުން ދަންނަވަމަވެ.

މަތީގައި ދެންނެވިފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ ތެރެއިން ކިއުރޭޓަރގެ މަޤާމަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވަނީ އެންމެ ފަރާތެކެވެ. އަދި އޮފީސް އެސިސްޓެންޓުގެ މަޤާމަށް އެދި ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތެކެވެ. ވީމާ، މަތީގައިވާ ދެ ވަޒީފާއަށް އެދި ހުށަހެޅުމަށް ކޮށްފައިވާ އިޢުލާނު ބާޠިލުކޮށް އަލުން މި ދެވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި ޑިޕާޓްމަންޓުގެ އިޢުލާން ނަމްބަރު:   (IUL)222-AH/INDIV/2013/9 އާއި  (IUL)222-AH/INDIV/2013/10 އިން ހުޅުވާލި ވާހަކަ އާންމުކޮށް ދަންނަވަމެވެ. އަދި މި ދެވަޒީފާއަށް އެދި ކުރިން ހުށަހަޅުއްވާފައިވާ ފަރާތްތަކުން އިތުރަށް ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ. އަދި މީގެ ކުރިން މި ވަޒީފާތަކަށް ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އިންޓަރވިއުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނެކަމުގައިވެސް ދަންނަވަމެވެ.

29 ޖުމާދަލްއާޚިރާ 1434

09 މޭ 2013
ހޯދާ