މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އައި.ޕީ ހެޑްއެންޑް ސިސްޓަމް

 

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

 

އައި.ޕީ ހެޑް އެންޑް ސިސްޓަމްއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

   ވީމާ، މިސިސްޓަމް ސަޕްލައި ކޮށްދޭން އެދޭ ފަރާތްތަކުން 2020 ފެބްރުއަރީ 10 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2020 ފެބްރުއަރީ 17 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުންއެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެކުރިން ކުރި މިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2020/2 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިވާ ނުވާތީ، އެއިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

 

‏‏12‏ ޖުމާދަލްއާޚިރާ‏ 1441

‏6‏ ފެބްރުއަރީ‏ 2020

 

06 ފެބުރުވަރީ 2020
ހޯދާ