މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ވެލްޑަރ
ބޭނުންވާ އަދަދު :6

މުސާރަ:

މަހަކު -/5500 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

- 4،000ރ - 7،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

  ނުވަތަ

-  ވެލްޑިން އަދި މެޓަލް ވާރކްސް މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- މަރާމާތުކުރުމަށް ބޭނުންވާ އުޅަނދުފަހަރުތަކުގައި ކުރަންޖެހޭ ވެލްޑިންގ އަދި މެޓަލް ވާރކްސް މަސައްކަތްތައް ކުރުން.

- ވެލްޑް އަދި މެޓަލް ވާރކްސް މަސައްކަތުގައި ބޭނުންކުރާ މެޝިނަރީސް އަދި އިކްއިޕްމަންޓްސް ރައްކާތެރިގޮތެއްގައި ބޭނުންކޮށް އެތަކެތި ބެލެހެއްޓުން.

- މަސައްކަތް ކުރުމުގައި ޤަވާއިދަށާއި، މީހުންނާއި، ތަކެތި އަދި ތަނުގެ ރައްކާތެރިކަމަށް ބަލައިގެން މަޤާމްގެ ވާޖިބުތަކާއި ގުޅޭގޮތުން ޑިޕާޓްމަންޓްއިން އަންގާ އެހެނިހެން މަސައްކަތްކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

ސުންގަޑި:

2020 ފެބްރުއަރީ 08 ވާ ހޮނިހިރު ދުވަހު 15:30 ގެ ކުރިން.

މަސައްކަތް ކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / ތިލަފުށި ބޯޓް ޔާރޑް

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

އިންޓަރވިއު މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ފެބުރުވަރީ 15 އާއި މާރިޗު 10 އާ ދެމެދުގައެވެ.

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާއި ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް ޗެކްކުރެވޭނެއެވެ.
30 ޖަނަވަރީ 2020
ހޯދާ