މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިން އޮފިސަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމް :

އެޑްމިން އޮފިސަރ

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/4650 ރުފިޔާ ( ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/2610 ރުފިޔާ ( ދެހާސް ހަސަތޭކަ ދިހަ ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ ) 
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

އެޑްމިން ސެކްޝަން

މަޤާމްގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

  • ސްޓޮކް އަދި ހަރުމުދާ ބެލެހެއްޓުމާ ގުޅޭ މަސައްކަތް ކުރުން
  • ޖަލްސާތައް ބޭއްވުމަށް ބޭނުންވާ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން
  • ސަލާމަތީ ކަންތައްތަކާ ގުޅޭ މަސައްކަތް ކުރުން
  • އެހެނިހެން އިދާރީ މަސައްކަތް ކުރުން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ކުރެވޭ އިންޓަރވިއުއިން މަސައްކަތުގެ  ހުނަރު އަދި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ނުވަތަ ސެޓްފިކެޓް ފެންވަރުގެ ފާހެއް އޮތުން ނުވަތަ  އޭލެވެލް  އިމްތިހާނުގެ 1 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން
  • ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން  "ސީ" ގްރޭޑް ލިބިފައިވުން
  • ދިވެހިބަހުންނާއި އިނގިރޭސި ބަހުން ލިޔަންޖެހޭ ތަކެތި ރަނގަޅަށް ޢިބާރާތްކުރަން އެނގުމާއިއެކު ރަނގަޅަށް މުޢާމަލާތް ކުރަން އެނގޭފަރާތަކަށްވުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ޕްރޮކިއުމަންޓް ދާއިރާއިން ތަޖްރިބާ ލިބިފައިވުން
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަގަޅަށް ބޭނުން ކުރަން އެނގުން
  • ޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުން
  • ދިމާވާއެކިއެކި ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 8:00 އިން ހަވީރު 15:00އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
  • ވަޒީފާއަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2020 ފެބުރުވަރީ 09 ވާ އާދިއްތަ ދުވަހުގެ  14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.

https://maldivespost.com/media/downloads

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
29 ޖަނަވަރީ 2020
ހޯދާ