އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ހިތަދޫ އިން ބިން ކުއްޔަށް ދޫކުރުމާއި ބެހޭ

އިޢުލާން

އައްޑޫ ސިޓީ ހިތަދޫ އިން ބިން ކުއްޔަށް ދޫކުރުމާއި ބެހޭ

 

އައްޑޫ ސިޓީ ހިތަދޫ އިން 10 (ދިހައެއް) ބިމެއް އާއްމު ވިޔަފާރިތަކަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

 ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަކީ އަންނަނިވި ނަންބަރުތަކުގެ ކުލީ ބިންތަކެވެ. މި ބިންތައް މިއިޢުލާނުގައިވާ ލިންކުގައިވާ ޗާޓުން ފެނިވަޑައިގަންނަވާނެއެވެ.

ކުލީ ބިމުގެ ނަންބަރު

ކުއްޔަށް ދޫކުރާ ބޭނުން

ބިމުގެ ބޮޑުމިން (އަކަފޫޓު)

135

ހޯލްސޭލް/ ވެޔަރހައުސް

2641.85

136

ހޯލްސޭލް/ ވެޔަރހައުސް

2641.65

152/1

ގޭސް ވިއްކުމަށް

2750.00

152/2

ގޭސް ވިއްކުމަށް

2750.00

76

ގައު އެޅުމަށް

4000.00

90

ގައު އެޅުމަށް

4000.00

80

އާއްމު ވިޔަފާރި

4000.00

81

އާއްމު ވިޔަފާރި

4000.00

83

އާއްމު ވިޔަފާރި

3000.00

97

ސައިނޭޖް/ ހެންޑިކްރާފްޓް

4000.00

 

  1. މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަކަށެވެ. ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް މަދުވެގެން 30/-ރ (ތިރީސް ލާރީގެ) ގެ ރޭޓުންނެވެ.
  2. ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނޭ ގޮތާއި ބިން ދޫކުރުމަށް ބޭނުންވާ އެހެނިހެން މަޢުލޫމާތު މިއިދާރާއިން ވިއްކާ ބިޑް ޑޮކިއުމަންޓްގައި ހިމެނޭނެއެވެ.
  3. ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 2020 ޖަނަވަރީ 30 އިން 2020 ފެބުރުވަރީ 5 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ.  ބިޑް ޑޮކިއުމަންޓް ވިއްކަނީ 300ރ (ތިންސަތޭކަ) ރުފިޔާގެ އަގަކަށެވެ.  
  4. ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލު ގައިވާގޮތުގެ މަތިން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ކަޑައަޅާފައިވާ ގަޑިއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

02 ފެބުރުއަރީ 2020

އާދީއްތަ

13.30

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ހުށަހެޅުން

06 ފެބުރުއަރީ 2020

ބުރާސްފަތި

13.00

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ

                                             

  1. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލް ތަކާއި އަދި މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅުއްވާފައި ހުންނަ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ދިވެހި ރައްޔިތުންނަށާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  2. މި އިޢުލާނުގައިވާ 3 އަދި 4 ވަނަ ނަންބަރުގައިވާ ތާރީޚްތަކަށް ބަދަލުތަކެއް އަތުވެއްޖެނަމަ އެކަން އާއްމުކޮށް އިޢުލާންކުރެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖުމާދަލްއާޚިރާ 1441

27 ޖަނަވަރީ 2020
ހޯދާ