ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލޯންޑަރީ މެޝިންތަކުގައި އޮޓަމެޓިކް ޑިސްޕެންސަރ ހަރުކުރުމާއި އެ މެޝިންތަކަށް ބޭނުންވާ ޑިޓަރޖެންޓް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ބޭނުންކުރަމުން އަންނަ ލޯންޑަރީ މެޝިންތަކުގައި އޮޓަމެޓިކް ޑިސްޕެންސަރ ހަރުކުރުމާއި އެ މެޝިންތަކަށް ބޭނުންވާ ޑިޓަރޖެންޓް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޖެނުއަރީ 2020 އާއި 05 ފެބްރުއަރީ 2020 އާއި ދެމެދު ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 14:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ. މި ޢިއުލާނާއި އެކު މަޢުލޫމާތު ޝީޓްގެ ކޮޕީއެއް ގެޒެޓް ކުރެވިފައިވާނެއެވެ. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމަތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 05 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 14:00ގައ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

27 ޖަނަވަރީ 2020
ހޯދާ