ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީގެ އެކި ސަރަޙައްދުތަކުގައި ހަރުކޮށްފައިވާ ބޯޑުތަކާއި ގުޅޭ:

ފުވައްމުލަކު ސިޓީގެ އެކި ސަރަޙައްދުތަކުގައި ހަރުކޮށްފައިވާ ބޯޑު ތަކުގެ ތެރެއިން ހުއްދަ ހޯއްދަވައިގެން އެއްބަސްވުމެއްގެ ދަށުން ހަރުކޮށްފައިވާ ބޯޑުތަކުގެ އެގްރިމެންޓް ކޮޕީ 06 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް ބިލްޑިންގ ސެކްޝަން (ކުރީގެ މާދަޑު ކައުންސިލް) އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

އަދި މި މުޢްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވާ ބޯޑުތަކުގެ އެގްރިމެންޓް ކޮޕީ މި އިދާރާ އަށް ހުށައަޅާފައި ނުވާ ބޯޑުތައް ކައުންސިލުން ނަގާނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. 

23 ޖަނަވަރީ 2020
ހޯދާ