ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުން:

                      ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސަބްސްޓޭޝަން ބެހެއްޓުމަށްޓަކައި  ދޫކުރުމަށް ހަމަޖެހިފައިވާ ބިންބިމުގައި ހުރި ތިރީގައި ދަންނަވާފައިވާ ރުއްގަހުގެ ވެރިފަރާތް ހޯދުމަށްވަނީ ބޭނުންވެފައެވެ.

1- މިސްކިތްމަގު ސަބްސްޓޭޝަން: އަބާކިރުކަލޭގެމަގާއި، އީކްއޭޓަރ ގޯއްޗާއި އިންވެގެން ފެނަކަ ކޯޕަރޭޝަނަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ފޯދުނު ނަންބަރ 01،02،03،04 ޖަހާފައިވާ ފޯދުނު 04 ދިވެހި ރުއް.

2- ފުނާޑު ސަބްސްޓޭޝަން: އާމީޒް ގޯއްޗާއި އިންވެގެން ދެކުނުން ފެނަކަ ކޯޕަރޭޝަނަށް ދޫކޮށްފައިވާ ބިމުގައި ހުރި ނަންބަރ01،02 ޖަހާފައިވާ 02 ބަނބުކެޔޮގަސް، ނަންބަރ ޖަހާފައިވާ ފޯދުނު 01 ދިވެހިރުއް، ނަންބަރ 04 ޖަހާފައިވާ ފޯދުނު ބިލަމަގުގަސް، ނަންބަރ 05 ޖަހާފައިވާ ނުފޯދޭ 01 އަނބުގަސް.

3- މާދަޑު ސަބްސްޓޭޝަން:ހުދުޢަސްރުމާގެއާއި އިންވެގެން އުތުރަށް ފެނަކަ ކޯޕަރޭޝަނަށް  ދޫކޮށްފައިވާ ބިމުގައި ހުރި ފޯދުނު ނަންބަރ 01 ޖަހާފައިވާ ފޯދުނު 01 ދިވެހި ރުއް.

4- ހޯދަޑު ސަބްސްޓޭޝަން: ޑިމާންޑް ގޯއްޗާއި އާއި ހާޓް ގޯއްޗާއި ދެމެދުން ފެނަކަ ކޯޕަރޭޝަނަށް ދޫކޮށްފައިވާ ބިމުގައި ހުރި ނަންބަރ 01،ޖަހާފައިވާ ފޯދުނު ޖާފާނު ރުއް، ނަންބަރ02،03 ޖަހާފައިވާ ފޯދުނު 02 ދިވެހިރުއް، ނަންބަރ 04 ޖަހާފައިވާ ނުފޯދޭ ޖާފާނު ރުއް، ނަންބަރ 05 ޖަހާފައިވާ ފޯދުނު 01 ޖާފާނު ރުއް.

5- ދިގުވާނޑު ސަބްސްޓޭޝަން: ހޮބާޓް ގޯތީގެ ދެކުނުން ފެނަކަ ކޯޕަރޭޝަނަށް ދޫކޮށްފައިވާ ބިމުގައި ހުރި ނަންބަރ 01،ޖަހާފައިވާ ފޯދުނު ރުއް،

ވީމާ މި ދެންނެވި ރުއްގަހުގެ ވެރިފަރާތްތަކުން 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހު 14:00ގެ ކުރިން ރުއްގަހުގައިވާ ނަންބަރާއިއެކު ފުވައްމުލަކު ސިޓީކައުންސިލްގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) ހުށަހެޅުއްވުން އެދެމެވެ.

21 ޖަނަވަރީ 2020
ހޯދާ