އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ފިޒިޔޮތެރެޕީ ކުރީގެ އޮފީސް ހިންގި އިމާރާތަށް ބަދަލުކުރުމަށް ކުރަންޖެހޭ މަރާމަތުތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

     މިހޮސްޕިޓަލްގެ ފިޒިޔޮތެރެޕީ ކުރީގެ އޮފީސް ހިންގި އިމާރާތަށް ބަދަލުކުރުމަށް ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް    21 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުން ފެށިގެން 23 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ ރަސްމީދުވަސްތަކުގައި މިހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީގެ އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަނަށްް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ.  އަދި 26 ޖަނަވަރީ 2020 ވާ އާދީއްތަ ދުވަހު މެންދުރު 13:00 ގައި ޕްރީބިޑް ސެޝަންއެއް މި ހޮސްޕިޓަލް އަދި މިނިސްޓްރީި އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މި ހޮސްޕިޓަލް އަދި މިނިސްޓްރީ އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 26 ޖަނަވަރީ 2020 ވާ އާދީއްތަ ދުވަހު ހެނދުނު 9:00  ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

21 ޖަނަވަރީ 2020
ހޯދާ