މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރި ކުރުމަށް ކުލީބިން ދޫކުރުން

ހުޅުދުއްފާރު ބަނދަރުގެ ދެކުނު ހުސްބިމުން ތެލުގެ ވިޔަފާރިއަށް 2 ބިން ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި2 ބިން ކުއްޔަށް ނަންގަވަން ޝައުޤުވެރިވާ ފަރާތްތަކުން 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހުޅުދުއްފާރު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ފެބުރުވަރީ 2020 ވާ ހޯމަ ދުވަހުގެ 13:00 ށް ހުޅުދުއްފާރު ކައުންސިލް އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނޭވާހަކަ ވެސް ދަންނަވަމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަނެވޭނީ ކޮންމެ ފަރާތަކުންވެސް އެއް ބޭފުޅަކަށެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 ޖަނަވަރީ 2020
ހޯދާ