ދިވެހިރާއްޖެ
ނަމްބަރ: (IUL)297-AD/INDIV/2020/06
އިޢުލާން
ވޭޖްއެމްޕްލޯއިމަންޓުގެ ދަށުން މަސައްކަތު މީހަކުބޭނުންވެއްޖެ
ވޭޖު އެމްޕްލޯއިމަންޓްގެ ދަށުން މަސައްކަތްކުރާނެ މީހަކު ބޭނުންވެއްޖެ.
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާއަދާކުރަންޖެހޭ ތަން : ނ.ވެލިދޫކައުންސިލްގެ އިދާރާ / ނ.ވެލިދޫ
މަޤާމުގެ މުސާރަ: =/3100 (ތިންހާސް އެއްސަތޭކަ) ރުފިޔާ
ސަރވިސްއެލަވަންސް: -/1000 (އެއްހާސް ރުފިޔާ)
މަޤާމުގެ ގިންތި: ވަގުތީ
އުޖޫރައާއި އިނާޔަތްތައް: މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތަކާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ކޮންޓްރެކްޓުގެ މުއްދަތު: 1 (އެކެއް) އަހަރު
ޔުނިޓް: ނ.ވެލިދޫކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް
1- މަޤާމުގެ ޝަރުޠުތައް:
- ލިޔަންކިޔަން ، ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.
2- މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
1- ވެލިދޫހުޅަގުފަރާތު ގޮނޑުދޮށުގައި ހަދާފައިވާ "ބީޗް" ސަރަޙައްދު ސާފްކޮށް ބެލެހެއްޓުން.
2- ކުޑަކުދިންގެ ޕާކް ކުނިކަހާ، ނޮޅާ ސާފްކޮށް، ބެލެހެއްޓުން.
3- އައުޓްޑޯ ޖިމް ސަރަޙައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުން
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް
- މަސައްކަތުގެ ދާއިރާއިން / ލިބިފައިވާ ހުނަރު / ތަޖުރިބާ
- މަސައްކަތްކުރަންދަންނަ މިންވަރު
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 28 ޖެނުއަރީ 2020 ވާ އަންގާރަދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
3. ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތުތަޖުރިބާދެނެގަތުމަށްމަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
މިމަޤާމަށް މީހުންހޮވުމަށް ބާއްވާ އިންޓަރވިއުއޮންނާނީ 2020 ޖެނުއަރީ 29 އާއި ފެބުރުއަރީ 06 އާއި ދެމެދު ވެލިދޫކައުންސިލްގެ އިދާރާގައެވެ. މިވަޒީފާއަށްކުރިމަތިލައްވާފަރާތްތަކުން އެތާރީޚްގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ [email protected]އަށެވެ.
24 ޖުމާދަލްއޫލާ 1441
19 ޖެނުއަރީ 2020