މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ސްޓާފް ކެންޓީނެއް ހިންގުމަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ސްޓާފް ކެންޓީނެއް ހިންގުމަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

 

1.       ކެންޓީން ޤާއިމު ކުރެވޭނެ ސަރަހައްދުގެ ބޮޑުމިން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ހުޅަނގު ފަރާތުގައި އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރު ކުރިމަތީ ހުރި 530 އަކަމީޓަރުގެ ސްޓާފް ކެންޓީނު ތަރައްގީކޮށް ހިންގަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން ހުޅުވާލަމެވެ.

 

2.       ބީލަމުގައި ބައިވެރިވެވޭނެ އަދި މަސައްކަތް ހަވާލު ކުރެވޭނެ ފަރާތްތައް

ބީލަން ހުށަހެޅުމަށް ފުރުސަތު ދެވޭނީ ދިވެހި ރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ 100 އިންސައްތަ ދިވެހިން ހިއްސާވާ ސޯލް ޕްރޮޕްރިއޭޓަރޝިޕް، ލިމިޓެޑް ލަޔަބިލިޓީ ކުންފުނި ނުވަތަ ކޯޕަރޭޓިވް އާއި ޕާޓްނަރޝިޕް ކުންފުނި ތަކަށެވެ. އަދި ބީލަން ހުށަހަޅާ ކުންފުންޏަކީ މަދުވެގެން 01 (އެކެއް) އަހަރު ހުއްޓުމެއްނެތި ހޮޓާ/ކެފޭ/ރެސްޓޯރަންޓް/ބޭކަރީ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏަކަށް ވާންވާނެއެވެ.

ނޯޓް: ބީލަން ތައްޔާރުކުރުމާއި ހުށަހެޅުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ތަފްސީލު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

 

3.       ބީލަން ފޮތް ލިބޭނެ ގޮތް

ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އީމެއިލް ([email protected] އަށް) ނުވަތަ ސިޓީ 19 ޖަނަވަރީ 2020 ން 23 ޖަނަވަރީ 2020 އާއި ދެމެދު (08:30 އާއި 15:30 އާއި ދެމެދު) ފޮނުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބީލަން ފޮތް އީމެއިލް މެދުވެރިކޮށް ފޮނުވޭނީ 21 ޖަނަވަރީ 2020 ން 23 ޖަނަވަރީ 2020 (08:30 އާއި 15:30 އާއި ދެމެދު)  މިކުންފުނީގެ ކޮމާޝަލް ޑިޕާރޓްމަންޓުންނެވެ. ބީލަމުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިކަން ފާޅުކޮށް ފޮނުވާ އީމެއިލް ނުވަތަ ސިޓީއާއި އެކު ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ، ގުޅޭނެ ފަރާތެއްގެ ނަން، ގުޅޭނެފޯނު ނަންބަރު، އައި.ޑީ.ކާޑް ނަންބަރު، އަދި އީމެއިލް އެޑްރެސް ހިމަނަންވާނެއެވެ.

 

4.       ޕްރީބިޑް ބައްދަލުވުން (މައުލޫމާތު ދިނުމުގެ ބައްދަލުވުން)

4.1   މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށް 28 ޖަނަވަރީ 2020 ވަނަ ދުވަހުގެ 10:00 ގައި ޕްރީބިޑް ބައްދަލުވުމެއް މިކުންފުނީގެ ކޯޕަރޭޓް އޮފީހުގެ ފުރަތަމަ ފަންގިފިލާގެ މީޓިންގ ރޫމްގައި (އެޗް.އާރ މީޓިންގ ރޫމް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބީލަންފޮތް ލިބިލައްވާ އެންމެހައި ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމެކެވެ.

4.2   މަޢުލޫމާތު ސާފުކުރުމަށް އެދި ފޮނުއްވާ ލިޔުންތައް 28 ޖަނަވަރީ 2020 ން 30 ޖަނަވަރީ 2020 ގެ ނިޔަލަށް (ކޮންމެ ދުވަހެއްގެ 08:30 އިން 15:30 އާއި ދެމެދުގެ ގަޑިތަކުގައި) މިކުންފުނީގެ ކޮމާޝަލް ޑިޕާޓްމަންޓަށް ފޮނުއްވުން އެދެމެވެ. ސުވާލުތައް އީމެއިލް ކުރައްވާނަމަ ފޮނުއްވާނީ [email protected] އަށެވެ. އަދި މިތާރީޚުގެ ފަހުން ލިބޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައެއްނުވެއެވެ. ލިޔުމުން ފޮނުވާ ސުވާލުތަކާއި އޭގެ ޖަވާބު ބީލަން ފޮތް ލިބިފައިވާ އެންމެހާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.   

 

5.       ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 16 ފެބުރުވަރީ 2020 ވަނަ ދުވަހުގެ 10:30 ގައެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 
16 ފެބުރުވަރީ 2020 ވަނަ ދުވަހުގެ 10:45 ގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ހާޟިރުގައެވެ.

 

6.       އިތުރު މައުލޫމާތު ހޯއްދެވުމަށް:

ކޮމާޝަލް ޑިޕާރޓްމަންޓް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ހުޅުލެ 22000، ދިވެހިރާއްޖެ

ފޯން:  3337496، 3337495

އީ-މެއިލް: [email protected]

19 ޖަނަވަރީ 2020
ހޯދާ