މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކައުންޓް އޮފިސަރ

އެކައުންޓް އޮފިސަރ

މަޤާމް:

J-320189

މަޤާމުގެ ނަންބަރު:

01

ބޭނުންވާ އަދަދު:

ދާޢިމީ

މަޤާމުގެ ގިންތި:

އެމް.އެސް. 2

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް އިދާރާ ، ރ. އިނގުރައިދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

6,295.00 ރުފިޔާ

މުސާރަ:

މަހަކު 2,000.00 ރުފިޔާ

ސަރވިސް އެލެވަންސް:

ޓެކްނިކަލް ކޯ އެލަވަންސް : އަސާސީ މުސާރައިގެ %28 އިންސައްތަ

އެހެނިހެން އެލެވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

( މީގެއިތުރުން މަޤާމަށް ކަނޑައަޅާފައިވާ އިނާއަތްތައް )

 

އިތުރު ޢިނާޔަތްތައް:

  1. ބިލްތަކުގެ ޑޮކިއުމަންޓްތަށް ހަމަތޯބަލާ ޑޮކިޔުމަންޓްތައް ހަމަނަމަ ޕޭމަންޓް ވައުޗަރ ހެދުމަށް ދިނުން އަދި ޑޮކިޔުމަންޓްތައް ހަމަނޫންނަމަ ޑޮކިޔުމަންޓްތައް ހަމަކޮށްފައި ޕޭމަންޓް ވައުޗަރ ހެދުމަށް ދިނުން.

  2. ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކުރެވެން ހުރިތޯބަލާ (ކަމާބެހޭ އައިޓަމުގައި ފައިސާހުރިތޯ ބަލައި) ޚަރަދުކުރެވެން ހުރިނަމަ ހުއްދަދިނުން.

  3. ބަޖެޓްއާ ގުޅުންހުރިކަންކަމުގައި މިނިސްޓްރީ އޮފް ފިނޭންސްއާއި މުޢާމަލަތްކުރުން.   ( ޗެކް ނިންމުނަށް، ބްލޮކްކުރެވިފައިވާ ޕީ.ވީ ރަނގަޅުކުރުމަށް ހުށަހެޅުން).

  4. ބަޖެޓް ކޮންޓްރޯލް ހެދުން (ބަޖެޓަށް އިތުރުކުރަން ބޭނުންވާ ފައިސާ ހޯދުމާއި ބަޖެޓަށް ގެންނަންޖެހޭ އުނި އިތުރުގެ ކަންތައް ބެލެހެއްޓުން).

  5. މާލީ ހިސާބުތައް ސިސްޓަމަށް އަޅާފައިވާ ބިލް ތަކުގެ ސްޓޭޓަސް ޗެކް ކުރުމާއި، އެއާ ބެހޭ މައުލޫމާތު ބިލްގެ ވެރިފަރާތަށް ރައްދުކޮށްދިނުމާއި ތައްޔާރުކުރުން.

  6. ކައުންސިލުން ނަގަންޖެހޭފައިސާ ނެގުމާއި ޖަމާކުރުން.

  7. އެމުވައްޒަފެއް ކުރާ މަސައްކަތަކާ ގުޅުންހުރި އެންމެހަ ލިޔެ ކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

  8. ސިޓީ/ މެމޯ ޑްރާފްކުރުމާއި ފޮނުވުން.

  9. ބަޖެޓް ބާކީ ކުރުމާއި، ބަޖެޓާބެހޭގޮތުން ފޮނުވަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކުރުން.

  10. އޮފީހަށް ލިބޭ ފައިސާ އެމް.އެމް.އޭ އަށް ޖަމާކުރުން.

  11. ކައުންސިލް އިދާރާގެ ކޮންމެ މަހެއްގެ ބަޖެޓް ރިޕޯރޓް ހެދުން.

  12. ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ރަށު ކައުންސިލްތަކުން ރަށު ތަރައްޤީ ޕްލޭނާއި ފައިނޭންސަލް ޕްލޭނަށް ބިނާކޮށް ތައްޔާރުކުރާ މަސައްކަތު ތާވަލާއި އެއްގޮތަށް ބަޖެޓް ތައްޔާރުކޮށް އެލް.ޖީ.އޭ އަށާއި ފިނޭންސް މިނިސްޓްރީއަށް އަދި އަތޮޅުކައުންސިލަށް ފޮނުވުން.

  13. ކައުންސިލް އިދާރާގެ ބަޖެޓް ބެލެހެއްޓުން

  14. މި ކައުންސިލް އިދާރާގެ ހަތަރު އެކައުންޓް ( ރެވެނިޔު އެކައުންޓް 01،ރެވެނިޔު އެކައުންޓް 02، ޚަރަދު އެކައުންޓް 01 އަދި ޚަރަދު އެކައުންޓް 02 ) ބެލެހެއްޓުން.

  15. ކައުންސިލްގެ އެކައުންޓަށް އެ މަހަކު ޖަމާކޮށްފައިވާ އެހެން މިނިސްޓްރީތަކަށާއި ސަރުކާރުގެ އެހެން އިދާރާތަކަށް ޖަމާކުރަންޖެހޭ ފައިސާ އެމަހެއްގެ ނިޔަލަށް އެ މިނިސްޓްރީތަކަށާއި އެ އިދާރާތަކަށް  ޖަމާކުރުން.

  16. ޙަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ލިޔަންޖެހޭ ސިޓީ، މެސެޖު،ފަދަ ތަކެތި ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

  17. ކޮންމެވެސް ސަބަބަކާހުރެ އެހެންމުވައްޒަފަކު ހާޟިރު ނުވާ ދުވަހެއްނަމަ އެމުވައްޒަފެއްގެ މަސައްކަތް ޒިންމާދާރުވެރިޔާ ޙަވާލުކުރާ އުޞޫލެއްގެ މަތިންކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

އެކައުންޓް އަދި ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ސަނަދެއް ޙާޞިލުކޮށްފައި ވުން.

 

 

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ކައުންސިލް އިދާރާއިން ލިބެން ހުންނާއެވެ.(

  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،   އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓް ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ޖަމާތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒިފާ، އަދި ވަޒިފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒިފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުއްވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒިފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ލިބިލައްވާފައިވާ ތަޢުލީމާއި ތަމްރީން

  2. ވަޒީފާއާއި ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީނާއި ލިބިލައްވާފައިވާ މަސައްކަތުގެ ތަޖުރިބާ

  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި،ފެންވަރާއި، ބޭނުންވާ ސިފަތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޖަނަވަރީ2020 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށްއެދެންވީގޮތާއިސުންގަޑި: 

 

 

 

 

ޝޯޓް ލިސްޓްކުރުން: 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  29 ޖަނަވަރީ 2020 އާއި 05  ފެބުރުވަރީ 2020އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަވިއު ( އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައި ވެސް ހިމެނުން )އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާރްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމް ) " އާންމުކޮން ފެންނާނެހެން މި އިދާރާގައި އާމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ  A2  ފޯމް އާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެޝީޓް(A2ފޯމް )"

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580028 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

21 ޖުމާދަލްއޫލާ 1441

 

16 ޖަނަވަރީ 2020
ހޯދާ