މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އަހަރީ ރިޕޯޓު ހުށަހެޅުމާއި ގުޅިގެން

 

އިޢުލާން

 

"ދިވެހިރާއްޖޭގައި  ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައިހިންގުމުގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު" ގެ 8 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހެއެވެ. މި އަހަރީ ރިޕޯޓު ގަވާއިދުގައިވާ މުއްދަތުގެ ތެރޭގައި މިމިނިސްޓްރީއަށް ހުށަހަޅާފައި ނުވާނަމަ އެކުންފުންޏަކަށް ދޫކޮށްފައިވާ ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައިހިންގުމުގެ ހުއްދަ ބާޠިލްކުރެވޭނެކަމަށްވެސް އިސްވެދެންނެވުނު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

 

އެގޮތުން ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު 31 ޖަނަވަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި، 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މި މުއްދަތުގެ ކުރިން ހުށަނާޅާ ފަރާތްތަކަށް މި މިނިސްޓްރީން ދޫކޮށްފައިވާ ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބާޠިލު ވާނެވާހަކަ ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 

20 ޖުމާދުލްއޫލާ 1441

15 ޖަނަވަރީ 2020

16 ޖަނަވަރީ 2020
ހޯދާ