ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

ނިލަންދޫގެ ދެކުނުފަރާތު ވަށައިގެން ހިނގާ މަގުގެ އުތުރުފަރާތުން، ނަރުދަމާނިޒާމާއި ކަނުކޮޅާއި ދެމެދުން ނިލަންދޫގެ  އޯކިޑުމާގޭ އަޙްމަދު ޢަލީ އާއި ގުލްހަޒާރުގޭ އިބްރާހީމް ޢަލީ ބަކަރިގެންގުޅުމަށް ކުރިން ދޫކުރި 3,356 (ތިންހާސް ތިންސަތޭކަ ސަވަންނަ) އަކަފޫޓުގެ ބިން (ވަށާ އިންފާރު 6 ފޫޓަށް ރާނާފައިވާ ބިން) ފަތްޕިލާވެލި ހެއްދުން ނުވަތަ ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް، 10 (ދިހައެއް) އަހަރަށް ކުއްޔަށް ދޫކުރާގޮތަށް ހަމަޖައްސައިފީމެވެ.

މި ބިމުގެ ކުއްޔަށް ހުށަހެޅޭނެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް މަހަކު 15 (ފަނަރަ) ލާރިއެވެ.

މި ބިން ދޫކުރާނީ އެންމެ މަތިން މާކުސް ލިބޭ ފަރާތަކަށެވެ. މާކުސް ދިނުމަށް ހަމަޖެއްސިގޮތް ތިރީގައި ދަންނަވާފައި އެވަނީއެވެ.

  1. އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް:                            45% އިންސައްތަ.
  2. މިބިން ތަރައްޤީ ކުރުމަށް ކޮށްފައިވާ އިންވެސްޓްމަންޓަށް:                  30% އިންސައްތަ.
  3. މި ބިން އިތުރަށް ތަރައްޤީކުރުމަށް ކުރަން ހަމަޖައްސާ އިންވެސްޓްމަންޓަށް:       10% އިންސައްތަ.
  4. އިންވެސްޓްމަންޓުގެ ސަބަބުން ރަށުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ މަންފާތަކަށް:   5% އިންސައްތަ.
  5.  ތަޖުރިބާއަށް:                                           10% އިންސައްތަ.

 

މި ބިމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2020 ޖަނަވަރީ 23 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

 

ވީމާ، މި ބިން ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން، "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 ޖަނަވަރީ 27 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ބީލަން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

ބިން ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ބީލަން ފޯމު، މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް (fb id: Faafu Nilandhoo Council Idhaaraa) އެ ލިއުންތައް ނެގެން ހުންނާނެއެވެ.

 

21 ޖުމާދަލްއޫލާ 1441

16 ޖަނަވަރީ   2020

16 ޖަނަވަރީ 2020
ހޯދާ