މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު ޕްރޮކިއޮމަންޓް އޮފިސަރ

     އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓް

                  އެސް.ސީ.އެފް ގްރާންޓް ނަންބަރު: TF017182

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕްރޮކިއޮމަންޓް އޮފިސަރ

 

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ސްޓްރެޓެޖިކް ކްލައިމޭޓް ފަންޑްގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ޕްރޮކިއޮމަންޓް އޮފިސަރެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮކިއޮމަންޓް އޮފިސަރުގެ މަސައްކަތަކީ އެސްޕަޔަރ ޕްރޮޖެކްޓްގެ ޕްރޮކިއޮމަންޓް މަސައްކަތްތައް ވޯރްލްޑު ބޭންކުގެ ޕްރޮކިއޮމަންޓް ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުމެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:

  • ޕްރޮކިއޮމަންޓް/ ކޮމަރސް/ ފިނޭންސް/ ބިޒްނަސް/ މެނޭޖްމަންޓު/ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓާރސް ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު؛

ޕްރޮކިއުމަންޓް ދާއިރާގައި މަދުވެގެން ތިން (3) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  • އިއާދަކުރަނިވި ހަކަތައިގެ ތަފާތު ދޭއް (02) ވޯރލްޑް ބޭންކުގެ މަޝްރޫއެއްގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  • ޕްރޮކިއޮމަންޓް/ ކޮމަރސް/ ފިނޭންސް/ ބިޒްނަސް/ މެނޭޖްމަންޓު/ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން ފުރަރަމަ ޑިގްރީ ހާޞިލް ކޮށްފައިވުމާއެކު؛

ޕްރޮކިއުމަންޓް ދާއިރާގައި މަދުވެގެން ހަތް (7) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  • އިއާދަކުރަނިވި ހަކަތައިގެ ތަފާތު ދޭއް (02) ވޯރލްޑް ބޭންކުގެ މަޝްރޫއެއްގެ ތަޖުރިބާ ލިބިފައިވުން
  • ޕްރޮކިއުމަންޓް ޓްރެއިނިންގ ހާޞިލް ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ދޭއް (2) އަހަރު ދުވަހު ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި ޕްރޮކިއޮމަންޓް (ކޮންސަލްޓަންސީ،ވާރކްސް އެންޑް ގުޑްސް) ދާއިރާ ގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ޕްރޮކިއުމަންޓް މަސައްކަތުގެ އުޞޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ސަރުކާރުގެ ޕްރޮކިއުމަންޓު ޤަވާޢިދުތަކަށް އަހުލުވެރި ވުމާއި، ޕްރޮކިއުމަންޓްގައި ދިމާވާ މައްސަލަތައް އެނގުމާއި، ހައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން؛
  • ވޯރލްޑް ބޭންކުގެ ޕްރޮކިއުމަންޓް ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ؛ އަދި
  • އިނގިރޭސި އާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވުން.

މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހިނެހިން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކޮށް އެކުލަވާލެވިފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

މަސައްކަތަށް ހޮވޭފަރާތަކަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާއަށް ބަލާފަ 20,880 – 24,030  ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ ބާރަ (12) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020ޖަނަވަރީ 30 ވަނަދުވަހުގެ 13:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. މިމަސައްކަތައް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ 2020 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419، 3018300

އީމެއިލް: [email protected]

14 ޖަނަވަރީ 2020
ހޯދާ