މޯލްޑިވްސް ޗެސް އެސޯސިއޭޝަން
ދިވެހިރާއްޖެ
މާކެޓިންގ އެންޑް ޓްރެއިނިންގ ކޯޑިނޭޓަރ

 

ނަންބަރު: MCA/IL/008/2019

   ވަޒީފާގެ ފުރުޞަތު

 

މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ މާކެޓިންގ އެންޑް ޓްރެއިނިންގ ކޯޑިނޭޓަރުގެ މަގާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

މާކެޓިންގ އެންޑް ޓްރެއިނިންގ ކޯޑިނޭޓަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ޔުނިޓް:

މާކެޓިންގް އެންޑް ޓްރެއިނިންގ

މަސައްކަތް ކުރަންޖެހޭތަން:

މޯލްޑިވްސް ޗެސް އެސޯސިއޭޝަން އޮފީސް

މުސާރައާއި އިނާޔަތްތައް:

8000ރ.

ފެންވަރު ނުވަތަ ޝަރުތު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލް ކޮށްފައިވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. މޯލްޑިވްސް ޗެސް އެސޯސިއޭޝަންއިން ރާވާ ހިންގާ މުބާރާތްތަކާއި އަދި އެހެނިހެން ކަންތައްތަކުގެ މައުލޫމާތު ސޯޝަލް މީޑިއަރ އަދި ވެބްސައިޓްއަށް އަޕްޑޭޓް ކޮށް ބެލުންތެރިން ނަށް އެންމެ ފަހުގެ މައުލޫމާތު އެސޯސިއޭޝަންގެ އިސްވެރިންގެ ލަފާގެ މަތިން ކުރުން.
  2. އެސޯސިއޭޝަންގެ ކަލަންޑަރުގައި ރޭވިފައިވާ އަހަރުގެ މުބާރާތްތަކަށް ސްޕޮންސަރުން ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުން.
  3. އެސޯސިއޭޝަންގެ ކަލަންޑަރުގައި ރޭވިފައިވާ މުބާރާތްތައް ވީހާވެސް ގިން ބަޔަކަށް އެންގުމަށް އަދި މުބާރާތް މާކެޓް ކުރުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތް އިސްވެރިންގެ ލަފާގެ މަތިން ކުރުން.
  4. އަހަރީ ޓާރގެޓަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތަށް ދުވަހުން ދުވަހަށް ނިންމުން.
  5. މޯލްޑިވްސް ޗެސް އެސޯސިއޭޝަން އިން ހިންގާ ޓްރޭނިންގތައް ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން ހަމަޖެއްސުން، އަދި ޓްރޭނިންގ ހިނގަމުންދާ އިރު، ބޭނުންވާ އެހީތެރިކަން ޓްރޭނިންގ ހިންގާފަރާތަށާއި، ޓްރޭނިންގ ގައި ބައިވެރިވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
  6. ޓްރޭނިންގގައި ބައިވެރިވާ މިހުންގެ ހާޒިރީ ބެލެހެއްޓުމާއި ރެކޯޑްސް ބެލެހެއްޓުން.
  7. ޓްރޭނިންގ މެޓީރިއަލްސް އާކައިވްކޮށް ބެލެހެއްޓުން.
    1. ޓްރޭނިންގ ތަކުގެ ފީޑްބެކް ހޯދާ، އިވެލުއެޝަން އެނަލައިޒްކުރުމަށްފަހު އިސްވެރިންނާއި ޙިއްސާކުރުން.
    2. ޓްރޭނިންގ ތަކުގެ ރިޕޯޓް ލިޔުމަށްފަހު ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.
    3. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިއެހެން ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށައަޅާ ސިޓީ.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ސީވީ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ(
  5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

 

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލް އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޗެސް އެސޯސިއޭޝަން،

ކުޅިވަރު އެކުވެނި،

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 9716700

13 ޖަނަވަރީ 2020

 

 

 

 

13 ޖަނަވަރީ 2020
ހޯދާ